ވަރލްޑް ޓްރެވަލް މާކެޓުގައި ރާއްޖެއިން ބައިވެރިވަނީ..

ދުނިޔޭގެ އެންމެބޮޑު އެއް ފެއާރ ކަމަށްވާ ވަރލްޑް ޓްރެވަލް މާކެޓުގައި ބައިވެރިވާނެކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ބުނެފިއެވެ.

އެމްއެމްޕީއާރްސީ އިންބުނީ އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަނުގައި އަންނަ މަހު ފަށާ މި ފެއާރގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ޕާޓްނަރުންނާއި ބައްދަލުކޮށް ފެއާރ އާގުޅޭ ތަފްޞީލީ މަޢުލޫމާތު ޙިއްޞާކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އަދި އަންނަ ނޮވެމްބަރ މަހުގެ ހަތަކުން ނުވައަކަށް ލަންޑަނުގައި ބާއްވާ މި ފެއާރގައި ރާއްޖޭގެ 66 ކުންފުންޏަކުން 168 މަންދޫބުން ބައިވެރިވާނެ ކަމަށާއި ރާއްޖޭގެ ޑެލެގޭޝަންގެ އިސްވެރިއަކަށް ހުންނަވާނީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

މިއަހަރުގެ ފެއާރ އަކީ 37 ވަނަ ފެއާރ އަށްވާ އިރު، މި ފެއާރގައި ރާއްޖެ ތަމްސީލުކުރުމަށް ލިބިފައިވަނީ އޭޝިއާ ޕެސިފިކާއި އިންޑިއާ ހިމެނޭ ގޮތަށް އެތެރެވަރީގެ ޤައުމުތަކަށް ޚާއްސަކޮށްފައިވާ މާލަމުގައި 276 އަކަމީޓަރުގެ ސަރަޙައްދެއް ކަމަށް އެމްއެމްޕީއާރްސީ އިން ބުންޏެވެ.

182 ޤައުމަކުން 50،000 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވާ ޖި ފެއާރގައި ފަތުރުވެރިކަމުގެ ދާއިރާގައި 2.5 ބިލިޔަން ޕައުންޑުގެ ވިޔަފާރި މުއާމަލާތްތަކަށް މި މައުރަޒުގެ ސަބަބުން މަގު ފަހިކޮށްދެއެވެ. އަދި މާކެޓުގެ ތެރެއިން އެކިއެކި ކޮންފަރެންސްތަކާއި ސެމިނަރތައް ހިންގުމަށް ނިންމާފައިވާ އިރު، މާކެޓުގެ ހަވާސާގައި މިފަދަ 80 އަށް ވުރެ ގިނަ ހަރަކާތް ހިނގާނެ ކަމަށް ބެލެވޭ ކަމަށްވެސް އެމްއެމްޕީއާރްސީ އިން ބުންޏެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ޤައުމަށް އިނގިރޭސި ވިލާތް ވާއިރު، މިއަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް އެޤައުމުން 68،000 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އެއީ 8.1 އިންސައްތަ އެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.