ޚަބަރު ފީތާ

ކޮވިޑުގައި މިއަދުވެސް މީހަކު ނިޔާވެއްޖެ

ކޮވިޑުގައި މިއަދުވެސް މީހަކު ނިޔާވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ ނިޔާވެފައިވަނީ 36 އަހަރުގެ ނެޕާލް މީހެއް ކަމަށެވެ. އަދި އޭނާ ނިޔާވެފައިވަނީ ރޭ ދަންވަރު 02:00 ގައި ކަމަށެވެ.

ރާއްޖޭގައިި ކޮވިޑު ކޭސްތައް އިތުރުވަމުން އަންނަ އިރު، މި ފަހަކަށް އައިސް އެބަލީގައި މަރުވާ މީހުންގެ ޢަދަދުވެސް އަންނަނީ އިތުރުވަމުން ނެވެ. ޚާއްސަކޮށް މި މެއި މަހު އެ ޢަދަދު ވަނީ އިތުރުވެފަ އެވެ.

ޑޮކްޓަރުން ވިދާޅުވެފައިވަނީ މި ބަލީގައި ގިނައިން ނިޔާވެފައިވަނީ ކޮވިޑު ވެކްސިން ނުޖަހާ ފަރާތްތައް ކަމަށެވެ.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "ކޮވިޑުގައި މިއަދުވެސް މީހަކު ނިޔާވެއްޖެ"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.