ޚަބަރު ފީތާ

އެމްއެންޑީއެފްގެ ބޮޑު ސްކްރީންގައި ފަލަސްތީންގެ ދިދަ

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ހެޑްކްއާޓަރ، ބަންޑާރަކޮށީގައި ހުންނަ ބޮޑު ސްރީންގައި ފަލަސްތީންގެ ބޮޑު ދިދަ އަޅުވައިފިއެވެ.

އެމްއެންޑީއެފް ސްކްރީންގައި ފަލަސްތީންގެ ދިދަ އަޅުވާފައިވާއިރު، ފަލަސްތީންއާއެކު ދިވެހިން ތިބިކަން ހާމަކުރުމަށް “ފަލަސްތީނާއެކު ދިވެހިން” ގެ ނަމުގައި މިއަދު ވަނީ ހަރަކާތެއް ވެސް ރާވާފައެވެ.

މިއަދު ހަވީރު 4:00 އިން ފެށިގެން ކުރިއަށްދާ މި ހަރަކާތުގައި ބައިވެރިވުމުގެ ގޮތުން ކޮންމެ ގެއެއްގެ ބެލްކަނީ ނުވަތަ ކުޑަދޮރުގައި ފަލަސްތީންގެ ދިދަ ވިހުރުވާފައި ވެއެވެ. އަދި ބައެއް ގޯޅިތަކުގައި ވެސް ވަނީ ފަަލސްތީނުގެ ދިދަ ރަމްޒުކޮށްދޭ އަދި ރާއްޖެ އޮތީ ފަލަސްތީނާއެކުގައިކަން ރަމްޒުކޮށްދޭ ގޮތަށް ޒީނަތްތެރިކޮށްފައި ވެެއެވެ.

މިއަދު ހަވީރުގެ މި ހަރަކާތައް ދިވެހި ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. އެގޮތުން ހިލޭ ސާބަހަށް އެކި ފަރާތްތަކުން ދިދަ ފަހައިދީ، އަދި ބައެއް ފަރާތްތަކުން ދިދަ ވިއްކައިގެން ލިބުނު ފައިސާ ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީ ވުމަށް ސަދަޤާތް ކުރުމަށް ވެސް ނިންމާފައެވެ. މި ހަރަކާތުގައި މަޝްހޫރު ބައެއް ފަންނާނުންނާއި ސިޔާސީ ބައެއް އިސް ފަރާތްތައް ވެސް ވަނީ ބައިވެރިވެފައެވެ.

ފަލަސްތީންގެ ދިދަ އެމްއެންޑީއެފްގެ ސްކްރީންގައި މިއަދު އަޅުވާފައިވާއިރު، މިކަމަށް އެދި މާލޭ ސިޓީގެ މޭޔަރު ޑރ މުޢިއްޒު ވަނީ މީގެ 2 ދުވަސް ކުރިން ޓްވީޓް ކުރައްވާފައެވެ.

Like
Like Love Haha Wow Sad Angry

ޚިޔާލު 1 on "އެމްއެންޑީއެފްގެ ބޮޑު ސްކްރީންގައި ފަލަސްތީންގެ ދިދަ"

  1. muiz bunegentha

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.