ކައިޒީން ފަލަސްތީނުގެ 3،000 ދިދަ ހިލޭ ބަހަނީ

ރާއްޖޭގެ މަޝްހޫރު މޮޑެލް ކައިޒީން ފަލަސްތީނުގެ 3،000 ދިދަ ހިލޭ ބެހުމަށް ނިންމައިފިއެވެ.

ފަލަސްތީނުގެ 3،000 ދިދަ ހިލޭ ބެހުމަށް ނިންމާފައިވާކަން ހާމަކޮށް ކައިޒީން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ، މިއަދު ހަވީރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތަށް ދިދަ ބެހުމަށް ނިންމާފައި ވާ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެގޮތުން ބަހާ ދިދަ އަކީ ހިލޭ އާންމުންނަށް ބަހާލަން ނިންމާފައިވާ ދިދަތަކެއް ކަމަށާއި ދިދަ ބޭނުންވާ ފަރާތްތަކުން، މާލެ ނުވަތަ ހުޅުމާލޭގެ އެމް 7 ޕްރިންޓަށް ޒިޔާރަތްކުރުމުން ލިބޭނެކަމަށް ވެސް ކައިޒީން ބުނެފައިވެއެވެ. އަދި ދިދަ ބަހާނީ އެތަނަށް ދާ ކޮންމެ މީހަކަށް 10 ދިދައިގެ މަގުން ކަމަށްވެސް ކައިޒީން ވަނީ ބުނެފައެވެ.

ކައިޒީން ބުނީ މިއީ އިސްރާއީލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތައް ކުށްވެރިކޮށް ދިވެހި ރައްޔިތުން ފަލަސްތީނާއެކު ތިބިކަން މުޅި ދުނިޔެއަށް އަންގައިދިނުމުގެ ގޮތުން ރާއްޖޭގައި ކުރިއަށް ގެންދާ ހަރަކާތްތަކަށް އެހީތެރިވާން ކުރާ ކަމެއް ކަމަށެވެ. އަދި ކައިޒީން ވަނީ އިސްރާއީލުން، ފަލަސްތީންގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން އަންނަ އިންސާނިއްޔަތާ ހިލާފު އަމަލުތައް ކުށްވެރިކޮށްފައެވެ.

ފަލަސްތީނާއެކު ތިބި ކަން ހާމަކުރުމަށް ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެ، ފަލަސްތީނުގެ އަހުންނާއި އުހްތުންނާ އެކު ތިބި ކަން ހުރިހާ ދިވެހިން ވެސް ދައްކައި ދިނުމަށް ކައިޒީން ވަނީ އެދިފައެވެ.

”އަހަރެންނަކީ ދިވެއްސެއް، އަހަރެން މިހުރީ ފަލަސްތީނާއެކު،“ ކައިޒީން ނިންމާލަމުން ބުނެފައިވެއެވެ.

‘ދިވެހިރާއްޖެ ފަލަސްޠީނާއެކު’ އިވެންޓް ކުރިއަށް ދާނީ މިއަދުގެ ހަވީރު 16:00 އިން 18:00 އަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.