އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގައި ޖެހިފައި ނުވާނެ، އެކަމަށް ފުރިހަމަ ޔަގީންކަން ދެން: އީސަ

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގައި އެއްވެސް އިރެއްގައި ޖެހިފައި ނުވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށް ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.

މަޖިލީހުން އާންމުކުރި ހިޔާނާތަށް ތުހުމަތުކުރެވޭ މީހުންގެ ލިސްޓުގައި އީސަގެ ނަންވެސްހިމެނޭއިރު، އީސަ ވިދާޅުވީ އެއްވެސް އިރެއްގައި ޖެހިފައި ނުވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށާއި ދައުވާކޮށްފިނަމަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ.

އިޝްތިހާރު Below Header ad

“އަދަދު ނޫހުން” ގެނެސްދިން ޕްރޮގްރާމެއްގައި ހިޔާނާތާ ގުޅޭ ގޮތުން ސުވާލުކުރުމުން އިސަ ވިދާޅުވީ، ކުރީގެ ނައިބް ރައީސް އަދި ހިޔާނާތުގެ މުގުލުގައި ހުންނެވި އަހުމަދު އަދީބު އަތުން އެއްވެސް ފައިސާއެއް ލިބިވަޑައިގެންފައިނުވާނެ ކަމަށެވެ.

ނަމަވެސް އަމިއްލަ ހިއްސާ އޮތް ކުންފުންޏަކާ އަދީބުއާ ދެމެދު ހިނގާފައި އޮތް ވިޔަފާރީގެ މުއާމަލާތެއް، ލިޔެކިޔުންތަކާއެކު ރިޔާސީ ކޮމިޝަނަށް އަމިއްލައަށް ހުށައަޅުއްވާފައިވާ ކަމަށް އީސަ ވިދާޅުވިއެވެ. ނަމަވެސް އެއީ އަދީބާއެކު ހިންގާފައިވަނީ ސައްހަ ނޫން މުއާމަލާތެއްކަން ސާބިތުވެއްޖެނަމަ މެމްމަބުކަމުން އިސްތިއުފާދެއްވާނެ ކަމަށް އީސަ ވިދާޅުވިއެވެ.

އަދީބު އިސްވެ ހުންނަވައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ހިމެނޭ މީހުންތައް ދަނީ އެ ކަމަށް އިންކާރު ކުރަމުންނެވެ. އަދި ލިސްޓުގެ ސައްހަ ކަމާ މެދު ވެސް ދަނީ ސުވާލު އުފައްދަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.