ޚަބަރު ފީތާ

އަގުއޭރޯ ބާސެލޯނާއަށް ބަދަލުވުމަށް އެއްބަސްވެއްޖެ

އިނގިރޭސި ލީގު ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ ސްޕެއިންގެ ބާސެލޯނާއަށް ބަދަުލުވުމަށް އެއްބަސްވެއްޖެ ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

އަގުއޭރޯ ބާސާއަށް ބަދަލުވުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް މިހާރު ނިމިފައިވާ ކަމަށާއި އެގޮތުން އަގުއޭރޯ ބާސާއަށް ބަދަލުވިކަން ރަސްމީކޮށް އިއުލާން ކުރާނީ މިމަހުގެ 29 ވަނަ ދުވަހު ކުޅޭ ޗެމްޕިއަންސް ލީގު ފައިނަލް މެޗަށް ފަހުގައި ކަމަށް ރިޕޯޓުތަށް ބުނެއެވެ.

މިހާރު އުމުރުން 32 އަހަރުގެ ފޯވާޑް ސިޓީއާއި އެކު ހަދާފައިވާ އެއްބަސްވުން އަންނަ ޖުލައިމަހުގެ ނިޔަލަށް ހަމަވާއިރު، ބާސާގެ އެއްބަސްވުމުގައި ސޮއިކުރާނީ ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުން އަންނަ ޖުލައިމަހުގެ އެއްވަނަދުވަހގައި ކަމަށްވެސް ރިޕޯޓުގައެވެ.

2011 ވަނަ އަހަރު ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑުން ސިޓީއަށް ބަދަލުވި އަގުއޭރޯ ވަނީ އޭނާ ސިޓީގައި މޮޅުކުޅުމެއް ދައްކާ އެ ކުލަބުގައި ހޭދަކުރި 10 އަހަރު ތެރޭގައި 274 މެޗު ކުޅެދީ 182 ގޯލު ކާމިޔާބު ކޮށްދީފައެވެ.

މީގެ އިތުރުން އޭނާ ވަނީ ސިޓީއާއި އެކު އިނގިރޭސި ޕްރިމިއާ ލީގު ފަސްފަހަރު، އެފްއޭ ކަޕް ދެފަހަރު، އިނގިރޭސި ފުޓްބޯޅަ ލީގު ކަޕް ފަސްފަހަރު ކާމިޔާބު ކުރުމުގެ އިތުރުން އެފްއޭ ކޮމިޔުނިޓީ ޝީލްޑް ތިން ފަހަރު ކާމިޔާބު ކޮށްފައެވެ.

ފަހަކަށް އައިސް އަނިޔާގެ ސަބަބުން މިފަހަރުގެ ސީޒަނުގެ ބޮޑުބައެއް އަގުއޭރޯ ހޭދަކުރަން ޖެހިފައިވަނީ ކުޅުމާއި ދުރުގައެވެ.

 

 

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "އަގުއޭރޯ ބާސެލޯނާއަށް ބަދަލުވުމަށް އެއްބަސްވެއްޖެ"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.