ޚަބަރު ފީތާ

ކުރީގެ މަޖިލިސް މެންބަރު ގައްދޫ ޒާހިރު އަވަހާރަވެއްޖެ

ގދ.ގައްދޫ ދާއިރާގެ ކުރީގެ މެންބަރު ޒާހިރު އާދަމް (ގައްދޫ ޒާހިރު) އަވަހާރަވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގައްދޫ ޒާހިރު އަވަހާރަވީ ، ކޯވިޑް19 އަށް ފައްސިވެ ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވި ފަރުވާ ދިނުމަށްފަ މިއަދު ގެއަށް ބަދަލު ކޮށްފައިވަނިކޮށެވެ. ޒާހިރު ނިޔާބެފައިވަނީ ކޮވިޑް ބަލީގައި ކަމަށް މައުލޫމާތު ލިބެއެވެ.

ޒާހިރު އަކީ ރައްޔިތުންގެ މަޖިލިހުގެ 17 ވަނަ ދައުރުގައި މަޖިލިސްމެމްބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "ކުރީގެ މަޖިލިސް މެންބަރު ގައްދޫ ޒާހިރު އަވަހާރަވެއްޖެ"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.