
ޤައުމީ ޔުނިވަރސިޓީގައި އަންނަ އަހަރު 96 ކޯހަކުން 5480 ފުރުޞަތު..
އަންނަ 2017 ވަނަ އަހަރު ދިވެހި ޤައުމީ ޔުނިވަރސިޓީގައި ކިޔެވުމަށް 96 ކޯހަކުން 5480 ފުރުޞަތު ހުޅުވާލައިފިއެވެ.
އަންނަ ޖެނުއަރީ މަހު ފަށާ މި ކޯސްތަކުގެ ތެރޭގައި އެޑްވާންސްލެވެލްގެ 16 ކޯހަކުން 837 ޖާގަ އާއި ޑިޕްލޮމާލެވެލްގެ 14 ކޯހަކުން 989 ޖާގަ އާއި ބެޗެލަރސް ޑިގްރީގެ 31 ކޯހަކުން 1560 ޖާގަ އާއި މާސްޓަރސް ލެވެލްގެ 11 ކޯހަކުން 426 ޖާގަ ހިމެނެއެވެ.
މި ޖާގަތަކުގެ ތެރެއިން 2385 ޖާގަ އަތޮޅުތެރޭގެ ކެމްޕަސްތަކުން ހުޅުވާލާފައިވާ އިރު، އެއީ، ހދ.ކުޅުދުއްފުށީ ކެމްޕަހުން 565 ޖާގަ އާއި ގދ.ތިނަދޫ ކެމްޕަހުން 415 ޖާގަ އާއި ލ.ގަމު ކެމްޕަހުން 265 ޖާގަ އާއި ސ.ހިތަދޫ ކެމްޕަހުން 661 ޖާގަ އާއި އައުޓްރީޗް ސެންޓަރުތަކުން 385 ޖާގައެވެ.
މި ކޯސްތަކަށް ވަނުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު މި އަހަރުގެ ޑިސެމްބަރ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ އިރު، އެމްއެންޔޫއިން ފުރުޞަތުދެމުން އަންނަނީ ޝަރުތުހަމަވާ ފަރާތްތަކުގެތެރެއިން ކުރިމަތިލާ ތަރުތީބަށް ބަލައިގެންނެވެ.