ޚަބަރު ފީތާ

އައިޖީއެމް ހޮސްޕިޓަލުގެ ވާޑްތަކުން ގިނަ އޮޕަރޭޝަންތައް ހުއްޓިއްޖެ: ޑރ. މުޙައްމަދު އަލީ

ފޮޓޯ: ވަންއޮންލައިން

ރާއްޖޭގައި ހަލުއި ކަމާއެކު ކޮވިޑް-19 ފެތުރެމުންއަންނައިރު، ގައުމު އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައި ކަން ހާމަކޮށް ޑރ. މުހައްމަދު ޢަލީ ޓްވީޓެއްކުރައްވައިފި އެވެ.

ރާއްޖޭގެ މިވަގުތު ކޮވިޑްގެ ހާލަތަު އަންގައި ދިނުމަށް ޑރ. މުހައްމަދު ޢަލީ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ހާލަތު ގޯސްވެ މަރުގެ އަދަދު 100 އަށް އަރައިފި ކަމަށާއި، ބައްޔަށް ހުށައެޅޭ ސިއްހީ ހިދުމަތްތެރިންގެ އަދަދު އިތުރުވެ، އިންސާނީ ވަސީލަތް މަދުވާން ފަށައިފި ކަމަށެވެ.

އަދި މީގެއިތުރުން ޑރ. މުޙައްމަދު އަލީ ވިދާޅުވީ، ސިއްހީ ހިދުމަތްތެރިން ހާއްސަކޮށް ނަރުހުން ކޯވިޑް-19ގެ ކަންކަަމަށް ހުސްވާންޖެހުމުން އައިޖީއެމް ހޮސްޕިޓަލުގެ ވާޑްތަކުން ގިނަ އޮޕަރޭޝަންތައް ހުއްޓިއްޖެ ކަމަށެވެ.

ސިއްހީ ހިދުމަތްތެރިންގެ މަސައްކަތުގެ ވަގުތު 12 ގަޑިއިރަށް ދަންމާލަން މަޖުބޫރުވެފައި ވާ ކަމަށް ވިދާޅުވެ، ޑޮކްޓަރ އިތުރަށް ވިދާޅުވީ ކޭސްތައް އިތުރުވެ ކޮންޓެކްޓް ޓްރޭސިން ނެހެދޭ ހާލަތަށް އައިސްފި ކަމަށެވެ. އަދި މިކަމުގެ ނަތީޖާއެއްގެ ގޮތުން މި ހާލަތުގައި ސިއްހީ ހިދުމަތްތެރިންނަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ގިނަ އަސަރުތަކެއް ކުރާނެ ކަމަށްވެސް ޑރ މުޙައްމަދު އަލީ ވިދާޅުވެފައިވެެއެވެ.

އެހެން ނަމަވެސް އުންމީދު ކަނޑައިނުލުމަށާއި ރައްކާތެރިވުމުގެ ފިޔަވަޅު އަޅައި ހެޔޮ ދުޢާ ގިނަކުރުމަށް ޑޮކްޓަރ އާންމު ރައްޔިތުންގެ ކިބައިން އެދިފައި ވެއެވެ.

ކޮވިޑްއާއި ގުޅިގެން ރާއްޖޭން މަރުވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، މިހާތަނަށް 100 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "އައިޖީއެމް ހޮސްޕިޓަލުގެ ވާޑްތަކުން ގިނަ އޮޕަރޭޝަންތައް ހުއްޓިއްޖެ: ޑރ. މުޙައްމަދު އަލީ"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.