ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ޚިލާފުވި 289 މީހުން ޖޫރިމަނާ ކޮށްފި
ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ޚިލާފުވި 289 މީހުން ޖޫރިމަނާ ކޮށްފި އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ކާފިއުގެ ވަގުތުތަކާއި ޚިލާފުވުމުުގެ ސަބަބުން އިއްޔެވެސް 160 ފަރާތެއް ޖޫރިމަނާކުރެވިފައިވާ ކަމަށެވެ. އަދި ހުއްދަ ނެތި މަގުމަތީގައި ބޭނުންކުރި 23 ވެހިކަލެއްވެސް ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
އެޗްއީއޯސީން ބުނީ ބުދަ ދުވަހުގެ 24 ގަޑިއިރުގެ ތެރޭގައި ކާފިއު ވަގުތާއި ޚިލާފުވުމާއި މާސްކް ނާޅާ ބޭރުގައި އުޅުނު 103 މީހަކުވެސް ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއް ހިމެނޭގޮތަށް ބޭރުގައި ހަރަކާތްތެރިވާއިރު މާސްކް އެޅުމަކީ މަޖުބޫރުކަމެކެވެ.
ރައީސް ސޯލިހް ސަލާމަތީ ޚިދުމަތްތަކަށް އަންގަވާފައިވަނީ އެޗްޕީއޭ އިން އަޅާފައިވާ އައު ފިޔަވަޅުތައް ތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް އަމަލުކުރާކަން ކަށަވަރު ކުރުމުގެ ގޮތުން ފުލުހުންގެ ހިދުމަތަށާއި ޤައުމީ ދިފާއީ ހިދުމަތް (މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް) ގުޅިގެން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާ ކަމަށެވެ.