ޚަބަރު ފީތާ

އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ

އައްޑޫ ސިޓީ ހިތަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އަށްޑޫ ސިޓީ ހިތަދޫގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ހިތަދޫ ބޮޑުމަގުން ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ދެ ސައިކަލެއް ޖެހިގެންނެވެ.

މައުލޫމާތު ލިބޭގޮތުން މި އެކްސިޑެންޓްގައި އަނިޔާ ވެފައިވަނީ ސައިކަލް ދުއްވަން ތިބި ދެމީހުންނަށެވެ.  އޭގެ ތެރެއިން އެކަކަށް ވަނީ ސިރިއަސް އަނިޔާތަކެއް ލިބިފައެވެ. އެގޮތުން އަނިޔާވި މީހާގެ ފައިގެ އިނގިލިތަކަށް ގެއްލުންލިބިފައިވާއިރު އޭނާގެ ނޭފަތުން ވެސް ގިނަ އަދަދަކަށް ލޭ ފައިބާފައިވާކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

މި އެކްސިޑެއްޓްގުގައި އަނިޔާވެފައިވަނީ އުމުރުން ދުވަސްވި ފިރިހެނަކަށް ކަމައްވެސް މައުލޫމާތުލިބެއެވެ.

ސީރިއަސް ޒަޚަމްތައް ލިބުނު މި ފިރިހެން މީހާ މިހާރު ވަނީ އައްޑޫ ރީޖިނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ.

ފުލުހުން މިހާރުދަނީ މިމައްސަލަ ބަލާ ތަހުޤީޤު ކުރަމުންނެވެ.

Rate this post