ރާއްޖެއައި ބޮލީވިއާގެ ރައްޔިތެއްގެ އަތުން 2.153 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އިން އަތުލައިގެންފި އެވެ.
ކަސްޓަމްސްއިން މައުލޫމާތު ދިންގޮތުުން ބޮލީވިއާއަށް ނިސްބަތްވާ މިމިހާއަކީ އެގައުމުގެ ޕާސްޕޯޓުއޮންނަ އަންހެނެެކެވެ.
ކަސްޓަމްސްއިން މައުލޫމާތު ދިންގޮތުން 2.153 ކިލޯގެ މަސްތުވާތަކެތި މި އަންހެން މީހާގެއަތުން އަތުލައިގެންފައިވަނީ މިދިޔަ ހޯމަ ދުވަހު ބްރެޒިލް މަގުން ރާއްޖެއައިއިރު އެ މީހާގެ އަމަލުތައް ހުރި ގޮތުން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
މިތަކެތި ފެނިފައިވަނީ އެ އަންހެން މީހާގެ ފޮށިތަންމަތި ބަލާފާސްކުރުމުގެތެރޭގައެވެ.
ކަސްޓަމްސްއިން މައުލޫމާތުދިން ގޮތުން މި ތަކެތި ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އަށް ވަނީ ޕޮސިޓިވް ވެފައެވެ.
އެތަކެއްޗަކީ ސީދާ ރާއްޖެއަށް އެތެރެކުރުމުގެ ބަދަލުގައި އެހެން ގައުމަކަށް އެތެރެކުރަން މަސައްކަތް ކުރަމުން ދިޔަ ތަކެތި ކަމަށް ކަސްޓަމްސްއިން ބުނެއެވެ. އޭނާ ރާއްޖެ ބޭނުންކޮށްފައިވަނީ ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ކަމަށްވެސް ލަފާކުރެވޭކަމަށް ކަސްޓަމްސްއިންބުނެއެވެ.
ކަސްޓަމްސްއިން މިތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައިކަމަށާއި ފުލުހުންގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ވެސް އެފަރާތުން މައުލޫމާތުދެއެވެ.