ޕްރިމިއާ ލީގް: ޗެލްސީ އަތުން ބަލިވެ ލީގު ހޯދުމަށް ސިޓީ އަށް އިތުރު ހުރަސްތަކެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޗެލްސީ އަތުން ބަލިވެ ލީގު ހޯދަން ސިޓީ އަށް އިތުރު ހުރަސްތަކެއް ކުރިމަތިވެއްޖެއެވެ.

ރޭގެ މެޗުން ސިޓީ ބަލިވީ ޗެލްސީއާއި ވާދަކޮށް 1-2 ގެ ނަތީޖާއިންނެވެ.

އިޝްތިހާރު full width ad 1200 x 150

ދެޓީމުގެ ފަރާތުންވެސް ވަރަށް ވާދަވެރިކުޅުމެއް ފެނިގެން ދިޔައިރު، މެޗުގައި އެންމެ ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ސިޓީންނެވެ. ސާޖިއޯ އަގުއޭރޯގެ އެހީތެރިކަމާ އެކު 44 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިން އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލީޑު ފުޅާކުރަން ސިޓީ އަށް ޕެނަލްޓީއެއް ލިބި ބޭކާރުވި އެވެ. ގެބްރިއަލް ޖިސޫސް އަށް ޒުވާން މިޑްފީލްޑަރު ބިލީ ގިލްމޯ ކުރި ފައުލަކަށް ދިން ޕެނަލްޓީ އަގުއޭރޯ ޗިޕެއް ގޮތަށް ފޮނުވާލުމުން ސިޓީގެ ގޯލްކީޕަރު އެޑުއާޑް މެންޑީ ވަނީ ފަސޭހަކަމާ އެކު މަތަކޮށްފަ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ޗެލްސީން ވަނީ އިތުރަށް ކުޅުން ވަރުގަދަކޮށް ސިޓީގެ ގޯލަށް ނުރައްކާކޮށްފަ އެވެ. މިގޮތުން އެޓީމުން ވަނީ ލަނޑުޖަހާ ނަތިޖާ އެއްވަރުކޮށްފައެވެ. މި ލަނޑު ޖަހައިދިނީ 63 ވަނަ މިނެޓުގައި ހަކީމް ޒިޔެޗްއެވެ.

ޗެލްސީން މެޗުގައި މޮޅުވި ގޯލު އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ މާކޮސް އަލޮންސޯ އެވެ. ވާނާ ނަގައިދިން ހުރަހަކުން އަލޮންސޯ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑެށެވެ.

މުހިއްމު މޮޅާ އެކު ޗެލްސީ މިހާރު ވަނީ 35 މެޗުން 64 ޕޮއިންޓް ހޯދައި ލީގުގެ ތިން ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ހަތަރު ވަނައިގައި އޮތީ 35 މެޗުން 63 ޕޮއިންޓް ލިބިފައިވާ ލެސްޓާ އެވެ. ފަސް ވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށް 34 މެޗުން ލިބިފައިވަނީ 58 ޕޮއިންޓެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.