ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމު، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގެ ރައީސް މުޙައްމަދު ނަޝީދަށް ސިޓީއެއް ފޮނުވައިފިއެވެ.
އެ ސިޓީއަކީ އެމަނިކުފާނާއި ޕީޕީއެމްގެ މައުމޫންފެކްޝަންގެ ލީޑަރޝިޕްގެ ބޭފުޅުން ވީ އެންމެ އަވަހަކަށް ޑީއާރްޕީގެ ރައީސް މުޙައްމަދު ނަޝީދާއި އެޕާޓިގެ އިސްސަފުގައި ހަރަކާތްތެރިވެލައްވާ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށް ބަޔާންކުރައްވާ ފޮނުވި ސިޓީއެކެވެ.
ޑީއާރްޕީގެ ލީޑަރޝިޕްއާއި މައުމޫންފެކްޝަންގެ ލީޑަރޝިޕްގެ ބޭފުޅުން ބައްދަލުކުރައްވާގޮތަށް ހަމަޖެހިފައިވަނީ، 2016 އޮކްޓޯބަރ 18ވަނަދުވަހު ބޭއްވި، އެ ޕާޓީގެ މަޢުމޫންފެކްޝަނުގެ ކައުންސިލް ބައްދަލުވުމުގައެވެ.