ކާފިއުގެ ޙާލަތުގައިވެސް ދަމުނަމާދަށް މިސްކިތަށް ދެވޭނެ -މަބްރޫކް-

ކާފިއުގެ ޙާލަތުގައިވެސް ދަމުނަމާދަށް މިސްކިތަށް ދެވޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުޙާއްމަދު މަބްރޫކް ޢަޒީޒު ވިދާޅުވެއްޖެ އެވެ.

މަބްރޫކް މިހެން ވިދާޅުވީ ކޮވިޑުގެ މަޢުލޫމާތު ދިނުމަށް އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޓޯލް ނިއުސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.

އިޝްތިހާރު Below Header ad

މަބްރޫކް ވިދާޅުވީ މި ދުވަސް ވަރަކީ ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްވަރު ކަަމަށްވާތީ ގިނަ ޢަދަދެއްގެ ރައްޔިތުން މިސްކިތުގައި ދަމުނަމާދު ކުރުމަށް މިސްކިތަށްދާ ކަމަށެވެ.

“އެކަމަށް (ކާފިއު ވަގުތުގަ ދަމު ނަމާދަށް ދިއުމަށް) ހުރަހެއް ނެތް. އެކަމަކު އަޅުގަނޑުމެންގެ އިލްތިމާސަކީ ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ ގެއާ އެންމެ ކައިރީގަ ހުރި މިސްކިތަކަށް ވަޑައިގަތުން. އެއީ މި ހާލތަކީ އެއްވެސް ގޮތަކަށް ބޭރުގަ އުޅުން، ޒަރޫރީ ކަމަކަށް މެނުވީ ރަނގަޅު ދުވަސްވަރެއް ނޫން.” މަބްރޫކް ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.