އެލައިޑް ގެ ރޯދަމަހާ ރޯއްޖާ ޕްރޮމޯޝަންގައި ތަފާތު ޑިސްކައުންޓް އަގުތަކެއް
ރާއްޖޭގެ އެންމެބޮޑު އިންޝުއަރެންސް ކުންފުނި އެލައިޑް އިންޝުއަރެންސް ގެ ”ރޯދަމަހާ ރޯއްޖާ“ ޕްރޮމޯޝަންގައި ތަފާތު ޑިސްކައުންޓް އަގުތަކެއް ކަނޑައަޅައިފި އެވެ.
އެ ކުންފުނިން ބުނީ މި ޑިސްކައުންޓް އަގުތައް ކަނޑައަޅާފައިވަނީ އެ ޕްރޮމޯޝަނުގެ ދަށުން އަލަށް މޮޓޯ ތާރޑް ޕާޓީ އިންޝުއަރަންސާއި ތަކާފުލް ނަންގަވާ ފަރާތްތަކަށާއި ޕްލޭން އާ ކުރައްވާ ފަރާތްތަކަށް ކަމަށެވެ.
”މި ޕްރޮމޯޝަންގައި ސައިކަލަކަށް ތަރޑް ޕާޓީ ކަވަރޭޖް ހޯއްދެވުމަށް ހޭދަވަނީ އެންމެ 140 ރުފިޔާ. 4 ފުރޮޅުލީ އުޅަނދެއް ނަމަ، 475 ރުފިޔާ. އަދި އެހެނިހެން އުޅަނދުތަކަށްވެސް ޑިސްކައުންޓަޑް ރޭޓްތައް މިޕްރޮމޯޝަނުގައި ލިބޭނެ.“ އެލައިޑުން ބުންޏެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް އޮންނާނެ ކަމަށާއި އޮންލައިން ވަސީލަތްތަކާއި އެލައިޑުގެ ކަސްޓަމަރ ފްރަންޓް އޮފީހަށްވެސް ވަޑައިގަނެގެން ވެސް މިޕްރޮމޯޝަން އަގުތަކުގައި ޕޮލިސީ ނެގޭނެ ކަމަށް އެލައިޑުން ބުންޏެވެ.
އެކްސިޑެންޓެއް ކުރިމަތިވާ ހިނދު ތިންވަނަ ފަރާތަށާއި އެފަރާތުގެ އުޅަނދަށް ލިބޭ ގެއްލުންތަކަށް ބަދަލު ލިބޭނެހެން ފަރުމާކުރެވިފައިވާ މޮޓޯ ތަރޑް ޕާޓީ އިންޝުއަރަންސް ޕޮލިސީއަކީ ކޮންމެ އުޅަނދަކަށްވެސް ނެގުން، ސަރުކާރުން ލާޒިމްކޮށްފައިވާ ޕޮލިސީ އެކެވެ. އަދި މިޕޮލިސީން އެކްސިޑެންޓަކާއި ކުރިމަތިލާ ހިނދު ދެފަރާތުން ޕޮލިސީ ނަގާފައި ވާނަމަ، ދެފަރާތަށް ލިބޭ ގެއްލުމަށްވެސް ބަދަލު ކަށަވަރުވެގެންދެއެވެ.
މިޕްރޮމޯޝަނަކީ މަގުމަތީގެ ރައްކާތެރިކަމަށް ބަލައިގެން ދުއްވުމުގެ މުހިންމުކަމާއި ރައްކާތެރިކަން ޔަގީންކުރުމުގެ މުހިންމުކަމާއި ބެހޭގޮތުން ހޭލުންތެރިކުރުމުގެ ނިޔަތުގައި ފެށި ކެމްޕެއިނެކެވެ.
އެގޮތުން މިކެމްޕެއިން މެދުވެރިކޮށް ރައްޔިތުންނަށް މިމެސެޖު ފޯރުކޮށްދެވޭނެ ކަމަށް އުއްމީދުކުރާ ކަމުގައި އެލައިޑުން ބުނެއެވެ. އަދި ރަމަޟާން މަހަކީ ނިސްބަތުން މަގުމަތީގެ ތަފާތު އެކްސިޑެންޓްތައް ގިނަ މަހެއްކަމުން، މިފަދަ ކަމެއް ހިނގާ ވަގުތުގައި ވެސް ލިބޭ ގެއްލުން ކުޑަ ކުރުމަށް އެހީތެރިވެދިނުމަށް ފެށި މަސައްކަތެއް ކަމުގައި އެލައިޑުން ފާހަގަ ކުރެއްވިއެވެ.