ފުލިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފި
ވ. ފުލިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފި އެވެ.
އެ ކުންފުނިން ބުނީ މި މަޝްރޫޢުގެ ދަށުން އެރަށުގެ ގިރާ ސަރަޙައްދުން 1.2 ހެކްޓަރުގެ ސަރަޙައްދަކަށް ވެލިއަޅާ ހިއްކުމަށް ނިންމާފައިވާ ކަމަށެވެ. އަދި 210 މީޓަރުގައި ގްރޯއިންސް ޖެހުމާއި 270 މީޓަރުގެ ބޭރު ތޮށިލުމަށްވެސް ނިންމާފައިވާ ކަމަށެވެ.
މި މަޝްރޫޢަކީ 16.94 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. އަދި މަސައްކަތް ހަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
ވ. ފުލިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި. މި މަޝްރޫޢަކީ 16.94 މިލިއަން ރުފިޔާގެ މަޝްރޫޢެއް. #MTCCProjects pic.twitter.com/4RRKb4UDzt
— MTCC Plc (@MTCCPlc) April 24, 2021