ތަރުހީބު ބޮޑުވެ، އެސްޓީއޯ ރަމަޟާން ބާޒާރުގެ މުއްދަތު އިތުރު ކޮށްފި
ތަރުހީބު ބޮޑުވެ، އެސްޓީއޯ ރަމަޟާން ބާޒާރުގެ މުއްދަތު އިތުރު ކޮށްފި އެވެ.
އެސްޓީއޯ އިން ބުނީ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ފެށި ރަމަޟާން ބާޒާރު ކުރިޔަށް ގެންދަން ކުރިން ނިންމާފައި އޮތީ މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
އެހެންނަމަވެސް މިއަހަރުގެ ރޯދަމަހާއި ދިމާކޮށް ކުރިއަށް ގެންދާ ރަމަޟާން ބާޒާރަށް ލިބެމުންދާ ތަރުހީބު ބޮޑުވުމުގެ ސަބަބުން މިމަހުގެ ނިޔަަލަށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
މިއަހަރުގެ ޕްރޮމޯޝަން ކުރިއަށްދާއިރު، އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ވިއްކާ ގިނަ އައިޓަމްތަކަކުން އަންނަނީ އެކި ވަރުގެ ޑިސްކައުންޓް ދެމުން ނެވެ. އަދި މިއަހަރު މުޅި ޕްރޮމޯޝަނުން ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތްތަކަށް އިނާމު ހުށަހަޅާފައިވަނީ ޕެޖޭކުތަކުގެ ގޮތުގަ އެވެ.
އެގޮތުން އެއްވަނައަށް ހޮވޭ ފަރާތަކަށް ފިލިޕްސް އެލްއީޑީ 55 އިންޗީގެ ޓީވީއަކާއި ހިޓާޗީ ފްރިޖަކާއި ޓެކްނޯ ދޮންނަ މެޝިނަކާއި ފިލިޕްސް ސައުންޑްބާއަކާއި ސެންފޯޑް އަވަނެއް ލިބޭނެ އެވެ. ދެވަނައަށް ހޮވޭ ނަސީބުވެރި ފަރާތަކަށް ފިލިޕްސް އެލްއީޑީ 55 އިންޗީގެ ޓީވީއަކާއި ހިޓާޗީ ފްރިޖަކާއި ހިޓާޗީ ވެކިއުމް ކްލީނަރ އަކާއި ކުކަރ އެއް ލިބޭނެ އެވެ. އަދި ތިންވަނައަށް އޭއޯސީ 43 އިންޗީގެ ސްމާޓް ޓީވީއަކާއި ހިޓާޗީ ދޮންނަ މެޝިނަކާއި ހިޓާޗީ ވެކިއުމް ކްލީނަރއެއް ލިބޭނެ އެވެ.
މި ޕްރޮމޯޝަން ކުރިއަށްދާއިރު ވިޔަފާރި ކުރާ ފަރާތްތަކަށް ސަޕްރައިޒް އިނާމުތަކެއް ދިނުމަށް އެސްޓީއޯއިން ވަނީ ރާވާފަ އެވެ.
މީގެ އިތުރުން އެސްޓީއޯއިން ބުނީ ކުރިން އެސްޓީއޯ އީސްޓޯރުން ގަންނަ ހޯމް އިމްޕްރޫވްމަންޓުން ވިއްކާ ތަކެތި ޑެލިވަރީ ނުކޮށްދިން ނަމަވެސް، މިއަދުން ފެށިގެން ޑެލިވަރީގެ ހިދުމަތްވެސް ފޯރުކޮށްދޭނެ ކަމަށެވެ.