މިއަދުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ލަފާކުރާގޮތަށް ބަލާއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށް ވެސް މޫސުމާބެހޭ ގައުމީ އިދާރާއިން (މެޓުން ) ބުނެއެވެ.
އަދި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށާއި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް ލަފާކުރެވޭކަމަށް އެޓް އިފީހުން ބުނެއެވެ.
މެޓް އިފީހުން މިހެން ބުނެފައިވާއިރު މި ސަރަހައްދުގެ އަތޮޅުތަކަށް ވަނީ މިހާރުވެސް ވައިޓް އެލާޓް ނެރެފައެވެ.
ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅނގުން ގަނޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި އެހެންހިސާބުތަކަށް ގަނޑިއަކު 6 މޭލާ 16 މޭލާ ދެމުގެ ބާރުމިނުގައެވެ.
އަދި ވިލާގަނޑުގައި ގަނޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުނެއެވެ.
މެދުތެރޭގެ އަތޮޅު ތަކުގެ ކަނޑުތައް ގަދަވާނެކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް މެޓުން ލަފާކުރެއެވެ.
އެހެން ކަމުން ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސް ކުރެއެވެ.
މީގެއިތުރުން އެމްއެންޑީއެފްއިންވެސް ވަނީ މޫސުމައް ސަމާލުވުމަށް ގޮވާލާފައެވެ.