8ވަނަ ތަންޒީލް ޤުރްއާން މުބާރާތް ބާއްވައިފި

އ.ދ. މަހިބަދޫގައި ހިންގާ ތަންޒީލް ޤުރައާންގެ 8ވަނަ ޤުރްއާންމުބާރާތް ބާއްވައިފިއެވެ. “އެޓޯލް ނިއުސް”އަށް މައުލޫމާތު ދެއްވަމުން ޤުރްއާން ކްލާހުގެ ވެރިޔާ އާދަމް ނަސީރު ޢަލީ ވިދާޅުވީ މުބާރާތުގައި149 ކުދިން ބައިވެރިވެފައިވާކަމަށެވެ.

 

އިޝްތިހާރު Below Header ad

5 އުމުރު ފުރައަކަށް ބަހާލައިގެން ކުރިޔައްގެންދާ މިމުބާރާތުގައި 9އަހަރުން ދަށާއި، 11އަހަރުން ދަށާއި 13އަހަރުން ދަށާއި، 16އަހަރުން ދަށުގެ އިތުރުން 17އަހަރުން މަތީގެ އުމުރު ފުރައެއްވެސް ހިމަނާފައިވެއެވެ.

FB IMG 1570884207990

ބެލެނިވެރިންގެ އިތުރުން ރަށުގެ ހުރިހާ ރައްޔިތުންގެ އެއްބާރުލުން މިކަމުގައި ލިބޭކަމަށާއި، އެ އެންމެހާ ބޭފުޅުންނަށް އެކަމަށްޓަކައި ޝުކުރު ދަންނަވާކަމުގައި ނަސީރު ވިދާޅުވިއެވެ. ވަކިން ޚާއްޞަގޮތެއްގައި މިމުބާރާތް ކާމިޔާބު މުބާރާތަކަށް ހެދުމަށްޓަކައި މާލީ ގޮތުންނާއި ފަންނީ ގޮތުން އެހީތެރިވި ފަރާތްތަކުގެ ބައިވެރިވުން އެބޭފުޅާ ފާހަގަ ކުރެއްވިއެވެ. 

 

“އަޅުގަނޑުމެން މި މުބާރާތުގެ ނަތީޖާ ފާޅުކުރުން ބާއްވަން ހަމަޖައްސާފައިމިއޮތީ 17 އޮކޮޓޯބަރ 2019 ވާ ބުރާސްފަތި ދުވަހު. إن شاء الله” ނަސީރުވިދާޅުވިއެވެ.

 

ޤުރްއާން މުބާރާތް ތަކުގެ ސަބަބުން ދަރިވަރުންގެ ފެންވަރު ރަނގޅުވަމުން އާދެއެވެ. ޤުރްޢާން ކިޔެވުމަށް ލޯބިކުރާ ދަރިންތަކެއް އުފެދުމަށް އޮތް ވަރަށްބޮޑު ހިތްވަރެއްގެ ކަމުގައި ޤުރްއާން މުބާރާތްތަށް ވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.