ފިޔާ މިހިރަ ޖަވާހިރަށްވަނީ

ފިޔާ ޖަވާހިރަށް ވުން… މީ ދޭތެރެ ދޭތެރެއިން މިރާއްޖެއަށް ދިމާވާ މައްސަލައެކެވެ. އެއީ މިރާއްޖޭގައި ފިޔާ ނުހައްދާތީ މެދުވެރިވާ ޙަލަތެއް ކަމުގައިވެސް ވެދާނެއެވެ. ޢާއްމުކޮށް ފިޔާ ނުލިބުމުގެ މައްސަލަ ދިމާވަނީ ރަމަޟާންމަހާ ދިމާކޮށް ކަމުގައިވިޔަސް، މިފަހަރު މިކަން ދިމާވެގެން މިއުޅެނީ ރޯދަމަސް ގާތްވެސް ނުވަނީހެއެވެ.

 

އިޝްތިހާރު Below Header ad

ފިޔާ ނާޅާ ކެއްކުން ކެއްކުމަކަށް ނުވާއިރު، ފިޔާ އަގުބޮޑުވެގެން ދިއުންމުން ވަރަށްގިނަބަޔަކު އެކަމުގެ ހިތާމަ ސޯޝަލްމީޑިޔާގައި ފާޅުކުރަމުން އެބަގެންދެއެވެ. ދިވެހިންގެ ކަންބޮޑުވުން ބަދިގެތަކުން ނިކުމެ ސޯޝަލްމީޑިޔާގެ އެކިއެކި ޕްލެޓްފޯމްތަކަށް އައިސްފައިވާއިރު، މީހަކު ހިއްސާކުރި ފޮޓޯއަކުން ފިޔާގެ އަގު މަތިވެފައިވާވަރު ވަރަށް ރަނގަޅަށް ހާމަވެއެވެ. އެފޮޓޯއިން ފެނިގެންދަނީ ރިހި އަނގޮޓިއެއްގައި ޖަވާހިރު އެހެއްގެ ބަދަލުގައި ހެޔޮވަރު ސައިޒެއްގެ ބޮޑު އެއް ފިޔާ ހަރުކޮށްފައި އިންދައެވެ.

WhatsApp Image 2019 10 12 at 12.22.44 AM

އަދިވެސް އެހެންމީހަކު ހިއްސާކުރި ފޮޓޯއެއްގައި ފެންނަނީ އަނގޮޓިލާ ފޮއްޓެއްގެ ތެރޭ ފަޅާލާފައި އޮތް ފިޔާފަޅިއެއް އޮއްވައެވެ. ފިޔާގެ އަގު މައްޗަށްދާއިރު އަގުބޮޑުކޮށް ފިޔާ ގަތުމުގެ ބަދަލުގައި ލީކްސް، ސްޕްރިންގް އޮނިއަން، ނުވަތަ ކުދިފިޔާ ބޭނުންކޮށްލުންވެސް މާރަނގަޅުކަމުގައި ބުނާބަޔަކުވެސް އުޅެއެވެ. ރަހައިގެ ގޮތުން މާބޮޑުތަފާތެއް ނާންނަކަމަށް މީގެތެރެއިން އެއްބަޔަކު ބުނާއިރު އަނެއްބަޔަކުބުނަނީ ސްޕްރިިންގް އޮނިޔަން ފަދަ ތަކެތި ބޭނުން ކުރުމުން ކާތަކެތީގެ ރަހަ އިތުރަށް ރަނގަޅުވާކަމުގައެވެ.

 

ދިވެހި ސަރުކާރުން ވަނީ މިމައްސަލަ މިހާރު ޙައްލުކޮށްފައިވާކަން އިޢުލާނުކުރައްވާފައެވެ. އެހެނަސް ހުރިހާ ރަށަކަށް ފިޔާގެ އަގަށް ހެޔޮބަދަލެއް އަންނަން ދުވަސްކޮޅެއް ނަގާފާނެއެވެ. ކުޑަކޮށް ކެތްތެރި ވެލައިގެން ތިބުމުން ހުރިހާ ކަމެއްވެސް ރަނގަޅުވާނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.