ދިވެހި ފުޓްބޯޅަ އަށް ވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މއ. ފެރިސްގެ އަހުމަދު ނަސީމް (ކޮއްޔަ ނަސީމް) ރޭ ފަތިހު ނިޔާވެއްޖެ އެވެ.
ރާއްޖޭގެ ފުޓްބޯޅައަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވަވާފައިވާ އަހުމަދު ނަސީމް އަކީ ކުލަބު ވެލެންސިއާގެ އެކިމަގާމުތައް ފުރުއްވައިފައިވާ ބޭފުޅެކެވެ. އަދި މީގެިއތުރުން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމައްވެސް ބޮޑެތި ހިދުމަތްކޮށްފައިވާ ބޭފުޅެކެވެ.
އެގޮތުން އޭނާ ވަނީ ރާއްޖޭގެ ސީނިއާ ގައުމީ ޓީމާއި ޖޫނިއާ ޓީމުތަކުގައި ތަފާތު މަގާމުތައް އަދާކޮށްފަ އެވެ.
އީރާނުން ދިވެހިރާއްޖެ ކޮޅަށް 17 ލަނޑުޖެހިއިރު ނަސީމް ހުންނެވީ ގައުމީޓީމުގެ އެސިސްޓެންޓް މެނޭޖަރުގެ ގޮތުގައެވެ.
ކޮށްޔަ ނަސީމް ނިޔާވިއިރުވެސް އޭނާ ހުންނެވީ އެފްއޭއެމުގެ ވަޒީފާއެއްގަ އެވެ. ނަސީމް ނިޔާވިއިރު އުމުރުފުޅަކީ 59 އަހަރެވެ. އޭނާގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މިއަދުގެ މެންދުރު ނަމާދަށްފަހު ފުރުގާން މިސްކިތުގަ އެވެ.