ޚަބަރު ފީތާ

ތިލަފުށި ކައިރީ އޮތް ބޯޓެއްގައި ރޯވެ އަނދަނީ..

ފޮޓޯ: އެމްއެންޑީއެފް

ތިލަފުށީ ބޭރުގައި އޮތް ބޯޓެއްގައި އަލިފާން ރޯވެ އަނދަމުން އެބަދެއެވެ.

”ބަރޯސާ“ ނަމަކަށް ކިޔާ މި ބޯޓުގައި އަލިފާން ފޯވެފައިވާއިރު އެމްއެންޑީއެފް އިން ވިދާޅުވީ މިބޯޓުގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އަލިފާން ނިއްވާލުމުގައި ސިފައިން މިހާރު ހަރަކާތްތެރިވަމުން ދާކަމަށެވެ.

އެޓޯލް ނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުން މި ބޯޓަކީ މިފްކޯގެ ދަށުން ހިންގާ މެރިން މޯލްޑިވްސް ޕްރޮޑަކްޓް (އެމްއެމްޕީ)ގެ ބޯޓެކެވެ.

މި ބޯޓުގައި އަލިފާން ރޯވެފައިވަނީ ބޯޓުގެ ފަލްކާގައި ކަމަށާއި ބޯޓުގައި ރޯވި އަލިފާން ގަނޑު މިހާރު ކޮންޓްރޯލްކޮށްފަ ވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް އަދި ނުލިބެ އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މި ބޯޓުގައި ރޯވިއިރު ހުރީ މިފްކޯއިން ތައިލެންޑަށް ފޮނުވާލުމަށް ތައްޔާރުކޮށްފައިވާ 15 ޓަނުގެ މަހެވެ.

ބޯޓު އޮތީ މަސް ހިފައިގެން ތައިލެންޑަށް ފުރުމަށް ތައްޔާރުވެފައިކަމަށާއި އަދި މި ބޯޓުގައި އަލިފާން ރޯވިއިރު އެ ބޯޓު އޮތީ މާލެ އާއި ތިލަފުއްޓާއި ދޭތެރޭގައިކަމަށް މައުލޫމާތު ލިބިފައިވެއެވެ.

 

އިތުރު ތަފްސީލް އަންނަނީ……..

Rate this post