
ޤާނޫނީ ހުސްތަންކޮޅު
ޤާނޫނީ ހުސްކަމެއް އޮތްނަހިނދެއްގައި ކިތައްމެ މަސައްކަތެއް ކުރިނަމަވެސް، އަބަދުވެސް ކުރިމަތިވަނީ އެތައް ގޮންޖެހުންތަކެކެވެ. މިގޮތުން ވިޔާފާރިއާއި ގުޅުން ހުރި ގިނަ ޤާނޫނުތަކެއް ވަނީ އެކުލަވާނުލެވި ނުވަތަ މިޒަމާނަށް ނުފެތޭ ފެންވަރެއްގައެވެ. އެކަމުގެ ސަބަބުން ވިޔާފާރި ކުރުމާއި ހިންގުމަށް ގޮންޖެހުންތައް ހުރުމާއި އެކު ސަރުކާރަށް ލިބެންޖެހޭ ޓެކްސް ފަދަ މަންފާތައް އުނިވެގެންދިއުމަށް ވަނީ މަގުފަހިވެފައެވެ. އާއްމުދިރިއުޅުމުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރު ނުކުޅެދުންތެރިކަމާއި ކުރިމަތިވެދާނޭ މިންވަރަށް ޤާނޫނުގެ ހުސްކަންމިދަނީ ދުވަހެއް ދުވަހަކަށް ފެންނަމުންނެވެ. މި ފޮތުގައި އެކުލަވާމިލަނީ މިގޮތުން މިވަގުތަށް އެކުލަވާ ނުލެވި ހުރި ޤާނޫނުތަކެވެ. ނުވަތަ އެޤާނޫނެއް ޤަވައިދެއްގެ ސަބަބުން މަންފާއެއްނެތް ”ޤާނޫނުގެ“ ހުސްތަންކޮޅެވެ.
1. ބިޒިނަސް ކޮމެންސިންގލޯ ( ވިޔާފާރިއެއް ފަށާގޮތްކަމަށްބަލާނެ ގޮތުގެ ޤާނޫނެއް) ނެތުން
ދާދިފަހުން ރަޖިސްޓްރާ ވިދާޅުވީ ހަރަކާތްނުކުރާ ހަމައެކަނި ރަޖިސްޓްރީ ކޮށްލިގޮތަށް އެތައް ކުންފުނިތަކެއް ހުރިވާހަކައެވެ. އަދި އެކުންފުނިތައް އުވާލައްވާފާނެކަމުގެ އިސާރާތެއް ދެއްވިއެވެ. ސުވާލަކީ ބިޒިނަސް ކޮމެންސިންގލޯ އެއް ހެދިފައިނެތް އިރު މިފަދަ ކުންފުނި އުވާލުން ވެގެންދާނީ އާއްމުންނަށް ހުރި ގެއްލުމަކަށް ނޫންބާވައެެވެ. މިގޮތަށް ސަރުކާރުން ކުންފުނި އުވާލާނެކަމަށް ވިދާާޅުވުމުން ހިތުގައި އުފެދޭ އަނެއް ސުވާލަކީ ކުންފުނި އުވާލާނެ މިނިސްޓްރީއެއްގައި ކުންފުނި ރަޖިސްޓްރީ ކުރުމުގެ ބަދަލުގައި އޮފްޝޯ ކޮމްޕެނީ ( ރާއްޖޭންބޭރުގައި) ދިވެހި ކުންފުނި ރަޖިސްޓްރީ ކުރުން އާއްމުވެ ވިޔާފާރި މިހާރުވެސް މޮނީޓަރ މިކުރެވޭ މިންވަރަށް މޮނީޓަރ ނުކުރެވޭ ގޮތް ވެދާނެ ނޫންބާވައެވެ.
2. ބެންކްރަޕްސީ ( ބަނގުރޫޓުވުމާއި ބެހޭޤާނޫނެއް) ނެތުން
ވިޔާފަރިތަކަށް ލިބެމުންދާ މާލީގެއްލުން ބަޔާންކުރުން ފެނިގެންދަނީ ޓެކްސްނިޒާމުގައި އޮތް ފޫނުބެއްދޭ ބޮޑު ބާގަނޑެއް ކަމުގައެވެ. ކުންފުންޏެއް ބަނގުރޫޓުވިކަން މިއަދު ނިންމަން މިޖެހެނީ އެވިޔާފާރި ކުރާމީހާގެ ބަހުންނެވެ. މިގޮތަށް ގިނަކުންފުނި ތަކެއް ބަނގުރޫޓުކޮށްފިނަމަ ޓެކްސްނިޒާމަށް ނުހަނުބޮޑު ނާމާންކަމެއް ވެރިވެދާނެ ކަމުގެ ބިރު އެބައޮތެވެ.



