އެމް،އޭ،ޕީ،ޑީ އާއި އެއިމްސް ގުޅިގެން އައްޑު ސިޓީގައި މެޑިކަލް ކޭމްޕެއް ބާއްވަނީ

އެއިމްސް މެޑިކަލް ޑައިގްނޯސްޓިކް ސެންޓަރ އާއި ގުޅިގެން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕަރސަންސް ވިތް ޑިސެބިލިޓީސްއިން އައްޑޫ ސިޓީގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙާލަތު ރަނގަޅުކުރުމަށް އެހީތެރިވުމުގެ ގޮތުން މިޖުލައިމަހުގެ 17ން 20ށް “ދުޅަހެޔޮ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް” ތެރަޕިޔުޓިކް ކޮންސަލްޓޭޝަން ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިއްޖެއެވެ.

މި ޙަރަކާތްތަކުގެ ތެރޭގައި 17 ޖުލައި ވަނަ ދުވަހު ޝަރަފުއްދީން ސްކޫލް، ހިތަދޫ ސްކޫލް، އައްޑޫ ހައިސްކޫލް ގެ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނާއި، ޓީޗަރުން އަދި ބެލެނިވެރިން ހިމެނޭ ގޮތަށް ޝަރަފުއްދީން ސްކޫލްގައި ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއް ހިންގުމުގެ އިތުރުން ަދި 18 ވަނަ ދުވަހު މަރަދޫ ސްކޫލްގައި، މަރަދޫ ސްކޫލް، އިރުޝާދިއްޔާ ސްކޫލް، ފޭދޫ ސްކޫލްގެ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނާއި، ޓީޗަރުން އަދި ބެލެނިވެރިން ހިމެނޭ ގޮތަށް ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއް ހިންގުމާއި 19ވަނަ ދުވަހު މަރަދޫ ސްކޫލުގައި މެޑިކަލް އެންޑް ތެރެޕިޔުޓީކްގެ ރޮނގުން ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއް ހިންގުމާއި 20ވަނަ ދުވަހު، ހިތަދޫ މަރަދޫ މަރަދޫފޭދޫ އަދި ފޭދޫ ގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މެޑިކަލް ކޭމްޕެއް ހިންގުމަށް ވަނީ އިންތިޒާމް ކުރެވިފައެވެ.

އިޝްތިހާރު Below Header ad

އެޓޯލްނިއުސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕަރސަންސް ވިތް ޑިސެބިލިޓީސް (އެމް އޭ ޕީ ޑީ)ގެ ޗެއަރ ޕާސަން ޢަޙްމަދު ވިދާޅުވީ މިއީ ޞިއްޙީގޮތުން އައްޑޫ ސިޓީގެ ނުކުޅެދުންތެރިކަން ހުންނަ އާބާދީއަށް ނުހަނު ބޭނުންވެފައިވާ ބެލެނިވެރިން އެކަމަށް އެދޭ ޕްރޮގްރާމެއްކަމަށާއި މިއެކްޓްވިޓީސްތައް ބޮޑަށް އަމާޒު ކުރެވިފައިމިވަނީ ސްކޫލް މަދުރުސާގެ ދަރަިަވަރުންނަށް ވެފައި އައްޑޫ ސިޓީގެ ހުރިހާ ސްކޫލަކަށް މިފުރުޞަތު ހުޅުވާލެވިފައިވާ ކަމަށެވެ.

މި އީ މި ޕްރޮގްރާމް ބާއްވާ 3 ވަނަ އަހަރެވެ.

“މިހާރު ވަރަށް ޑީމާންޑު ބޮޑުކޮށްމިދަނީ ދެން އަޅުގަނޑުމެންނަށް ކޭޓަރ ކުރވޭވަރަށްވުރެވެސް ގިނަކޮށްދަނީ އެހެން ނަމަވެސް މަސައްކަތް މިކުރަނީ ވީހާވެސް ގިނަ ބަޔަކަށް މި ކަން ފޯރުކޮށްދިނުމަށް، ދެން އައްޑޫތަންތާ ވާގޮތަކީ އަޅުގަނޑުނެނަށް އެބަލިބޭ އެއިމްސް ގެ އެހީތެރިކަން އެމީހުން އެތާ ތިބޭތީ އެހެންވީމަ އައްޑު،އަދި ފޯއްމުލައް އެ ހިސާބު ކަވަރ ކޮށްލަން ވަރަށް ފަސޭހަ އެހެން ނަމަވެސް އުތުރު ތަންތަނަށް ދާން ބަލާލާއިރު މި އަހަރުވެސް އެބައިން ދެ ޓްރިޕްއެއް އެއީ ޅ އަތޮޅާއި ހ.ދ ޓްރިޕެއް މިކަމުގެ ޕްރޮފިސަރުން ގެ ދަތިކަން ހުރިނަމަވެސް އަޅުގަނޑުމެން ވަރަށް މަސައްކަތް އެބަކުރަން މި އަތޮޅު ކަވަރ ކުރުމުމަށް ” – އެމް އޭ ޕީ ޑީގެ ޗެއަރ ޕާސަން ޢަޙްމަދު –

މީގެ އިތުރުން އަޙްމަދު ވިދާޅުވީ މާލެގައި ބާއްވާ ސީޕީ ޑޭގައި ތެރަޕީ އާކު ކުރިޔަށްދާކަމަށެވެ.
އަދި ކުދި އާބާދީ ތަކަށްވެސް ޚާއްޞަ ސަމާލުކަމެއްދީގެން ކުރިއަށްއޮތްތާ މި ޕްރޮގްރާމްތައް ގެންދިއުމަށް ވަރަށް ބޮޑަށް ވިސްނާކަންވެސް ފާހަގަ ކުރެއްވިއެވެ. އެމް އޭ ޕީ ޑީ އަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުގައި މަސައްކަތް ކުރަމުންދާ އެންމެ ވަރުގަދަ އެއް ޖަމްޢިއްޔާއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.