ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް އިތުރަށް ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފި

ރާއްޖެއަށް މިހާރު ކުރަމުން މިދާ ވިއްސާރާއި ގުޅިގެން މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާތީވެ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފްގެ އިތުރުން މޫސުމާ ބެހޭ ޤައުމީ އިދާރާއިންވެސް ވަނީ ރާއްޖެއަށް ކުރަމުން މިދާ ވިއްސަރައާއި ގުޅިގެން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެމްއެންޑީއެފް އިން ވިދާޅުވީ މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން ނުރައްކާތެރި ކަނޑުމަތީގެ ތަފާތު ގިނަ ހާދިސާތަކެއް ހިނގަމުންދާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބެމުންދާކަމަށާއި އެހެން ކަމުން އިތުރަށް މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރާކަމަށެވެ.

bad-weather

އެގޮތުން އެފަދަ ހާދިސާއެއް ހިނގައިފިނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށްވެސް އެފަރާތުން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެއްތަނުން އަނެއްތަނަށް ދަތުރުފަތުރު ކުރުމުގައި ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޚާއްޞަ ސަމާލުކަމެއް ދެއްވަން ޖެހޭނެކަމަށާއި އެގޮތުން މުދާ ބަރުކުރައްވާ އުޅަނދުފަހަރުވެސް ބަރުކުރާއިރު އެ އުނޅަދަކަށް އެކަށީގެންވާވަރަށް ބައްލަވައިގެން ބަރުކުރެއްވުމަށްވެސް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޑައިވިންގ ކުރުމާއި އެހެނިހެން މޫދު ކުޅިވަރުތައް ރާވާ ހިންގާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުކަން ދެއްވައިގެން ސަލާމަތީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށްފަހު ނޫނީ އެފަދަ ކުޅިވަރުތައް ނުބޭއްވުމަށްވެސް  އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.