ނޭމާއަށް އަނިޔާވެއްޖެ، ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ނޭމާއަށް ނުކުޅެވޭނެ !

މިމަހު 15 ވަނަ ދުވަހު ބްރެޒިލްގައި ފެށުމަށް ހަމަޖެހިފައިވާ ” ކޮޕަ އެމެރިކާ ” ފުޓްބޯޅަ މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ޤަތަރާއެކު ރޭ ފަތިހު ކުޅުނު އެކުވެރިކަމުގެ މެޗުގައި ބްރެޒިލްގެ ތަރި ނޭމާއަށް އަނިޔާވެއްޖެއެވެ.

1652241

އިޝްތިހާރު Below Header ad

ރޭގެ މެޗުގައި އަނިޔާވެފައިވަނީ ނޭމާގެ ފައިގެ ކުޑަ ހުޅަށެވެ. ޕީއެސްޖީއަށް ކުޅެމުން އަންނަ ތަރި ނޭމާ ކަނާތުފައިގެ ކުޑަހުޅަށް ލިބުނު މި އަނިޔާއަކާއެކު އޭނާއަށް މިހާރުވަނީ ކޮޕަ އެމެރިކާ މުބާރާތުގައި ނުކުޅެވޭނެ ކަން ކަށަވަރުވެފައެވެ.

ރޭގެ މެޗުގެ 21 ވަނަ މިނެޓުގައި އަނިޔާ ވުމާއި އެކު ނޭމާ ބަދަލުކޮށްފައިވާއިރު، ބެންޗްގައި އޭނާ ރޯން އިންމަންޒަރުވެއް ވަނީ ފެނިގެން ގޮސްފައެވެ.

Neymar 1136929

ނޭމާރެ ގިސްލުމުގެ މަންޒަރުން ސިފަވާގޮތުގައި އޭނާގެ މި ގިސްލުމަކީ ކުރިޔައްއޮތް ބޮޑު މުބާރާތުގައި ކުޅުމުގެ އުންމީދު ގެއްލުމެވެ.

ނޭމާގެ ކަނާތުފައިގެ ކުޑަހުޅަށް އަނިޔާވެ، ކުރިއަށްއޮތް ކޮޕާ އެމެރިކާ މުބާރާތުގައި ނުކުޅެވޭނެކަން ބްރެޒިލް ފުޓްބޯޅަ ފެޑެރޭޝަނުންވެސްވަނީ މިހާރު ޔަޤީންކޮށްދީފައެވެ.

ނަމަވެސް ބްރެޒިލް ގައުމީޓީމުން މިކަމާއި ގުޅިގެން މިއަދު ނެރުނު ސްޓޭޓްމަންޓެއްގައި ބުނެފައިވަނީ ނޭމާ އަނިޔާއިން ރަނގަޅުވެ ފުރިހަމައަށް ތައްޔާރުވެ ކޮޕާ އެމެރިކާއާއި ކުރިމަތިލުމަށް ބްރެޒިލް ޓީމުންއެދޭކަމަށެވެ.

neymar brazil qatar friendly

ނޭމާއަށް ލިބުނު އަނިޔާގެ ސީރިއަސްކަމުން އެ އަނިޔާއިން މުޅީން ރަނގަޅުވެ ފިޓް ވުމަށް ވަގުތު ތަކެއް ނަގާނެ ކަމަށާއި މިފަހަރުގެ ކޮޕަ އެމެރިކާ މުބާރާތުގައި ނުކުޅެވޭނެ ކަމަށް ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނުގައި ވެއެވެ.

ބްރެޒިލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕާ އެމެރިކާ 2019 ކުރިއަށްދާނީ މިމަހުގެ 15 ން އަންނަމަހުގެ 8 ގެ ނިޔަލަށެވެ

ޕީއެސްޖީއިން މިއަފަހަރު ފްރާންސް ލީގު ކާމިޔާބުކޮށްފައިވާއިރު، އިންޖަރީގެ ސަބަބުން ގިނަ މެޗުތަކެއް ނޭމާއަށް ވަނީ ގެއްލިފައެވެ.

އެގޮތުން ނިމިގެންދިޔަ ޗެމްޕިއަނަސް ލީގުގެ ނޮކްއައުޓް ރައުންޑުގައި ޕީއެސްޖީ ކުޅުނު މެޗުގައިވެސް ނޭމާއަށް އަނިޔާގެ ސަބަބުން ކުޅެވޭގޮތް ނުވިއެވެ.

ރޭ ފަތިހު ކުޅުނު އެކުވެރިކަމުގެ މިމެޗު ބްރެޒިލް ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ބްރެޒިލްގެ ލަނޑުތަށް ކާމިޔާބުކޮށްދިނީ ރިޗާލިސަން އާއި ޖީސަސްއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.