ޚަބަރު ފީތާ

ކުރިޔައް އޮތް 24 ގަޑިއިރުތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ: މެޓްއޮފީސް

ފޮޓޯ:ވީމީޑިއާ

ކުރުޔަށް އޮތް 24 ގަޑިއިރުތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭކަމަށް ރާއްޖޭގެ މޫސުމާބެހޭ ގައުމީއިދާރާއިން ބުނެފިއެވެ.

މޫސުމާބެހޭ ގައުމީއިދާރާއިން ހާމަކުރާގޮތުގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ގުރުމާއިއެކު ބޯކޮށްފާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ.

އެގޮތުން މިއަދު ހެނދުނު 10 އިން މާދަމާ ހެނދުނު 10 އާދެމެދު ރާއްޖޭގެ މޫސުން ލަފާކުރާގޮތުން

މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަނޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި އެހެންހިސާބުތަކަށް ގަނޑިއަކު 10 މޭލާ 20 މޭލާ ދެމުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަނޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭކަމަށެވެ.

މެދުތެރޭގެ އަތޮޅު ތަކުގެ ކަނޑުތައް ގަދަވާނެކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް ލަފާކުރެވޭކަމަށެވެ.

އެހެން ކަމުން ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ދަންނަވާކަމަށްވެސް މޫސުމާބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

 

Rate this post