މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި ހަތަރު ފުލުހަކަށް ހުރަސްއަޅާ ގްރޫޕަކުން އެ ފުލުހުންނަށް ހަމަލާދީފި އެވެ.
ފުލުހުންގެ ވާޖިބަށް ހުރަސްއަޅާ ފުލުހުންނަށް ހަމަލާ ދިނުނުގެ ތުހުމަތުގައި ހަތަރު މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
ފުލުހުން މައުލޫމާތު ދީފައިވާގޮތުން އެ ހާދިސާ ހިނގީ މިރޭ 9:00 އެހާކަން ހާއިރު ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ތެރެއިން މާފަންނުގެ ގެއެއް ފާސްކުރަން ވަންނަން އުޅުމުން ކަމަށެވެ.
އަދި ފުލުހުން އެގެއަށް ވަންނަން އުޅުމުން ގްރޫޕަކުން ފުލުހުންނަށް ހުރަސް އަޅައި ހަމަލާދިން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުންނަށް ހަމަލާ ދީފައި ވަނީ މ.ނެދުންގެ އިން ކަމަށް މައުލޫމާތު ލިބެއެވެ.
ހަތަރު ފުލުހަކަށް ހަމަލާދީފައިވާއިރު ފުލުހުންނަށް ލިބުނު އަނިޔާގެ ހުރިހާ ތަފްސީލެއް އަދި ލިބިފައިނުވެއެވެ. އެހެން ނަމަވެސް އެކި ވަރުގެ އަނިޔާތައް ފުލުހުންނަށް ލިބުނު ކަމުގެ މައުލޫމާތު ލިބިފައިވެއެވެ.