ދިރާގު ޕޭ ގެ ޚިދުމަތް މާރުކޭޓު ގޮޅިތަކާއި ހަމައަށް ފޯރައިފި

ދިރާގު ޕޭ ގެ ޚިދުމަތް މާރުކޭޓު ގޮޅިތަކާއި ހަމައަށް ފޯރައިފިއެވެ.

މި ޚިދުމަތް ޑިޖިޓަލްކޮށް މިއަދު ހެނދުނުން ފެށިގެން ވަނީ މާރުކޭޓުގައިދޭން ފަށާފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެހެންނަމަވެސް މިވަގުތު މި ޚިދުމަތް ލިބޭނީ ލޯކަލް މާރުކޭޓުގެ އެންމެ ގޮޅިއަކުންނެވެ.

މީގެ އިތުރުން އަމީނީ މަގުގައި ހުންނަ މާރުކޭޓުންނާއި މަޖީދީ މަގުގައި ހުންނަ މާރުކޭޓުންނާއި ހުޅުމާލޭގައި ހުންނަ މާރުކޭޓުގައިވެސް ދިރާގު ޕޭގެ ޚިދުމަތް ދިނުމަށް އެކުންފުނިން އަންނަނީ ހިތްވަރާއެކު މަސައްކަތް ކުރަމުންނެވެ.

ދިރާގުން ބުނީ މި ޚިދުމަތް ރަމަޟާން މަސް ނިމުމުންވެސް އެތަންތަނުން ދޭނެކަމަށެވެ.

މި ޚިދުމަތާ އެކު އެ ކުންފުނިން ވަނީ ރަމަޟާން މަހަށް ޚާއްޞަކޮށް ޕްރޮމޯޝަނެއް ފަށާފައިވާ އިރު، ދިރާގު ޕޭ މެދުވެރިކޮށް ކުރާ 150ރ. ގެ ވިޔަފާރިއަކަށް ކަރާ ކިލޯއެއް ހިލޭ ލިބޭނެއެވެ.

2017 ވަނަ އަހަރު ތަޢާރަފްކުރި ކޭޝްލެސް ޚިދުމަތް ”ދިރާގު ޕޭ“ ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު އެއްދުވަހުން އަނެއް ދުވަހަށް އަންނަނީ އިތުރުވަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.