
ގޯލޯކާ އެޕްލިކޭޝަން އިފްތިތާޙްކޮށްފި
ގޯލޯކާ އެޕްލިކޭޝަން (އެޕް) އިފްތިތާހުކޮށްފިއެވެ.
އަލްގޯ ބްލޮކްސް ޕްރައިވެޓް ލިމިޓެޑުން ރާއްޖެއަށް ތައާރަފްކުރި މިއެޕްލިކޭޝަނަކީ ދަތުރުކުރާ ބޯޓުތަކުގެ މަޢުލޫމާތު އެނގޭ ގޮތަށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނެކެވެ.
ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ބަދަލެއް ގެނައުން ތަޢާރަފްކުރި މި އެޕްލިކޭޝަނާއި ބެހޭގޮތުން ރާއްޖޭގެ ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ މި އެޕްލިކޭޝަނާއެކު ރާއްޖެ އަންނަ ފަތުރުވެރިންނަށް އެތެރޭގެ ދަތުރުފަތުރާއިބެހޭ އެކަށީގެންވާ މަޢުލޫމާތުތައް ލިބިގެންދާނެ ކަމަށެވެ.
މި އެޕްލިކޭޝަނާއި ބެހޭގޮތުން އަލްގޯ ބްލޮކްސްގެ ސީއީއޯ ޙުސައިން ޝިމާޒު ވިދާޅުވީ މިއީ ހަމައެކަނި ޓިކެޓު ވިއްކާ އެޕްލިކޭޝަނެއް ނޫން ކަމަށެވެ. އަދި މިއީ ބޯޓް މެނޭޖްމެންޓް އެޕްލިކޭޝަނެއް ކަމަށެވެ.
އެގޮތުން އުޅަނދުތައް ބެލެހެއްޓުމާއި ތާވަލްކުރުމާއި މުވައްޒަފުން ބެލެހެއްޓުމާއި ދަތުރުގެ ހިސާބުތައްވެސް ބެލެހެއްޓޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ބޯޓް ފަހަރު ގެންގުޅޭ ފަރާތްތަކަށް މި އެޕްލިކޭޝަންގައި މިހާރު ރެޖިސްޓްރީވެވޭނެ ކަމަށާއި ގޯލޯކާގެ ކަސްޓަމަރުންނަށް ޚާއްޞަ އެޕްލިކޭޝަން އަންނަ މަހުގެ 17 ވަނަ ދުވަހުން ފެށިގެން ޑައުންލޯޑުކޮށް، ބޭނުން ކުރެވޭނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
އާން… ސޭޓުގެ އަންހެނުންގެ ފިރިމީހާގެ ވައިފް ވަރަށް އުފާވާނެ ޓްރާންސްޕޯޓް ކުރިއެރީމާ
ދެން ނުކެރޭނެ މަކަރު ހަދާހަަކަށް…….
އޮންލައިން ކޮށް ރަށަށް ޖައްސާލެވޭނެ މިހާރު
އެހެންތަ ތީ ސަޅިގޮތެއް.. މަ ނުޖެހޭނެ ދޯ ދެން ހޮޑުލަވާތީ ުޅޭކަށް ހެހެ
ކަލޯ ނެޓުން ރަށަށްދާން ތިއުޅެނީ ވަކި ހިސާބަކަށް ދާތަނުން ރޭންޖު ކެޓީމަޔޯ….. ކާށިދޫ ކަނޑުމެދަށް ވެއްޓޭނީ…. ފުރަތަމަ ރާއްޖޭގެ ނެޓު ކަށަވަރު ކުރަންޖެހޭނީ ތިކަމަށް
ގޯލޯކާ އަކީ ކީއްކުރާ ބައެއް… ޓިކެޓިން ބައެއްތަ.. ލޯންޗު ދަތުރު ކުރާ ބައެއްތަ؟