ސީއީއީސީގެ 18 ވަނަ ދާއިމީ މެމްބަރު ޤައުމަކަށް ގްރީސް
ކޯޕަރޭޝަން މެކޭނިޒަމް ބިޓްވީން ޗައިނާ އެންޑް ސެންޓްރަލް އެންޑް އީސްޓެން ޔޫރަޕިއަން ކަންޓްރީސް (ސީއީއީސީ)ގެ 18 ވަނަ ދާއިމީ މެމްބަރު ޤައުމަކަށް ގްރީސްވެއްޖެއެވެ.
އެ ޤައުމު ސީއީސީސީގެ ދާއިމީ މެމްބަރުގެ ދަރަޖަ ލިބުނުކަން އަންގާފައިވަނީ ސީއީއީސީގެ ލީޑަރުން ބޭއްވި ބައްދަލުވުމަކަށްފަހު މިއަދުއެވެ.
ސީއީއީސީގެ މެމްބަރު ޤައުމުތަކުގެ ޢަދަދުގެ ގޮތުގައި އެންމެކުރިން ނިންމާފައިވަނީ 16 އެވެ. ނަމަވެސް ޗައިނާގެ ބައެއް ހުށަހެޅުންތަކާއެކު އެ ޢަދަދު އަންނަނީ މަތިކުރަމުންނެވެ.