
ކަމާކެމި އިންމޭޓްސް ކްރިއޭޓިވް ފެއަރ ރައީސް ސާލިޙް ހުޅުވާދެއްވައިފި
ކަމާކެމި އިންމޭޓްސް ކްރިއޭޓިވް ފެއަރ 2019 ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙް ހުޅުއްވައިދެއްވައިފިއެވެ.
މާފުށީ ޖަލުގައި ހުކުމްތަންފީޒު ކުރަމުން ގެންދާ ގައިދީންގެ މަސައްކަތްތައް ދައްކާލުމުގެ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މި ފެއަރ ހުޅުއްވައިދެއްވީ ކ. މާފުށީ ސްކޫލުގައި މިކަމަށްޓަކައި މިއަދު ހަވީރު ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވި އިރު، މި ފެއަރ ހުޅުއްވައިދެއްވުމަށްފަހު އެދެކަނބަލުން ވަނީ އެމަޢުރަޒް ބައްލަވާލައްވާފައެވެ.
މި ރަސްމިއްޔާތުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ހަދިޔާއެއް ވެދުމަށް އަރުވާފައެވެ.



