ރާއްޖެއަށް ހޫނު ގަދަ ދުވަސްވަރެއް، ސަމާލުވޭ : އެޗްޕީއޭ

މިދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަތަކަށް ވެސް ވަރަށް ހޫނު ގަދަ ދުވަސްވަރެއް ކަމުން އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަނެއްކާވެސް އިލްތިމާސް ކޮށްފިއެވެ.

މިދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އާދަޔާ ޚިލާފަށް ހޫނު ގަދަ ދުވަސްވަރެއް ކަމުން، ހޫނުން ރައްކާތެރިވުމަށްޓަކައި ފިޔަވަޅުތައް އެޅުމާއި ހޫނުގަދަވުމުގެ ސަބަބުން ދިމާވެދާނެ ޞިއްޙީ މައްސަލަތައް ކުޑަކުރުމަށް ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެއްކަމަށް އެޗްޕީއޭ އިން ހާމަކުރައްވައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ސަމާލުކަން ދެއްވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް ކަންތައްތަކެއް ފާހަގަކުރައްވާ އެ ކަންތައްތަކަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސް ކުރައްވައެވެ.

އިރުގެ ދޯދިންނާއި ހޫނުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް:

1. ހޫނު ގަދަގަޑިތަކުގައި ކުޅިވަރު ކުޅުމާއި އެކި އެކި ހަރަކާތްތައް ބޭރުގައި ނުވަތަ އަވީގައި އިންތިޒާމު ކުރުމުގެ ބަދަލުގައި އެތެރޭގައި ނުވަތަ ފިނިގަޑިތަކުގައި އެފަދަ އިންތިޒާމްތައް ކުރުމަށް ސަމާލުވުން.

2. އެންމެ ހޫނުގަދަ ގަޑިތަކުގައި އަވީގައި އުޅޭ މިންވަރު ވީހާވެސް މަދުކުރުން،

3. ހަށިގަނޑުން ފެންމަދުވިޔަ ނުދިނުމަށް ކަރު ނުހިއްކި ނަމަވެސް ގިނައިން ފެން ބުއިން

4. ހަކުރު އަދި ކެފޭން ހުންނަ ބުއިންތައް ބޭނުން ކުރުމުން ދުރުހެލިވުން.

5. ބޭރަށް ނިކުންނަ ނަމަ އަތްވާއި ހޫނުން ރައްކާތެރިވުމަށް

– ޔޫވީ ރޭޑިއޭޝަން ފިލްޓަރކޮށްދޭ ފަދަ އަވިއައިނެއް އެޅުން
– 15 SPF އަށްވުރެ މަތީގެ ސަންސްކްރީން ލޯޝަން ބޭނުންކުރުން
– ބޮޑަށް ހިޔާވާކަހަލަ ފުޅާ ތޮތްޕެއް ބޭނުން ކުރުން
– ކުލަ މަޑު، ހަށިގަނޑު ނިވާވާފަދަ ދޫ ހެދުން ލުން
– އަވިން ރައްކާތެރިވުމަށް ކުޑަ ބޭނުން ކުރުން

6. ބޭރުގައި ގިނަ ވަގުތު މަސައްކަތް ކުރާ ފަރާތްތަކުން ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށް ހާއްސަ ސަމާލުކަމެއް ދިނުމާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސަމާލުވުން.

ހޫނު ގަދަ ވުމުގެ ސަބަބުން ދިމާވެދާނެ ބައެއް ޞިއްޙީ މައްސަލަތައްވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ފާހަގަކުރައްވާފައި ވެއެވެ.

– ހޫނު ގަދަވުމުގެ ސަބަބުން ހަށިގަނޑުން ފެންމަދުވެ ވަރުދެރަވުން، ބޮލުގައި ރިއްސާ ބޯއަނބުރާ ގޮތްވުން، އަތްފައި ފިނިވުން، އަކުނިވަޔަށްދެމުން ފަދަ ޢަލާމާތްތައް ފެނުން.

– ލޮލަށް ލިބޭ ގެއްލުން ތަކުގެ ތެރޭގައި ލޮލުގެ މަތީފަށަލަ ފިހުން، ލޮލުގެ އެތެރެ ފަށަލަ ހަލާކުވުން، ލޯ ފުސްވުން ހިމެނޭ.

– ގައިގެ ހަމަށް ދިމާވެދާނެ މައްސަލަތަކުގެ ތެރޭގައި ހަންގަނޑު އެދުމުގެ ސަބަބުން ހަންގަނޑު ރަތްވެ ފޮޅުނެގުން، ކުދި ރަތް ބިހިތަކެއް ނެގުން.

ހޫނު ގަދަވުމުގެ ސަބަބުން އެއްވެސް ސިއްހީ މައްސަލައެއް ކުރިމަތިވެއްޖެނަމަލަސްނުކުރައްވައި ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭ އިން އިލްތިމާސްކުރައްވައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.