ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާއިން ވައިޓް އެލާށް ނެރެފިއެވެ.
މޫސުމާ ބެހޭ އިދާރާއިން ވައިޓް އެލާޓް ނެރެފައި މިވަނީ ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއި އެކު ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައެވެ.
މިއަދުގެ 10 އިން މާދަމާ ހެނދުނު 10 އަށް މޫސުން ކުރިޔަށް ލަފާގޮތައް ބަލާއިރު:
މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭކަމަށެވެ.
މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަނޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައިވައި ޖެހޭނެކަމަށާއި އަދި އެހެންހިސާބުތަކަށް ގަނޑިއަކު 10 މޭލާ 20 މޭލާ ދެމުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާ ކުރެވޭކަމަށްވެސް އެއިދާރާއިން ވިދާޅުވެއެވެ.
އަދި ވިލާގަނޑުގައި ގަނޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭކަމަށްވެސް މޫސުމާ ބެހޭ ގައުމީއިދާރާއިން ލަފާކުރެއެވެ.
މެދުތެރޭގެ އަތޮޅު ތަކުގެ ކަނޑުތައް ގަދަވާނެކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް ލަފާކުރާކަމަށް އެ އިދާރާއިން ވިދާޅުވެފަވެއެވެ.
އެހެން ކަމުން ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ދަންނަވަނާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.