ޗެމްޕިއަންސް ލީގް: އަޔެކްސް މެޗަށް ރޮނާލްޑޯ ފިޓް ވާނެ ކަމުގެ އިތުބާރު އެބައޮތް: އެލެގްރީ

ޔޫއެފާ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލް ފުރަތަ ލެގުގައި ނެދަލެންޑްސްގެ އަޔެކްސްއާ ދެކޮޅަށް ޔުވެންޓަސް ކުޅޭ މެޗަށް ކްރިސްޓިއާނޯ ރޮނާލްޑޯ ފިޓްވާނެ ކަމުގެ އިތުބާރު އެބަ އޮތްކަމަށް ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އެލެގްރީ ބުނެފިއެވެ.

މީޑިއާއާ ވާހަކަދައްކަމުން ޔުވެންޓަސްގެ ކޯޗް އެލެގްރީ ބުނީ ހީކުރި ވަރަށްވުރެ އަވަހަށް ރޮނާލްޑޯގެ އަނިޔާ ރަނގަޅު ވަމުން އަންނަ ކަމަށާއި އެގޮތުން މިހާރު އޭނާ ހުރީ 99 ޕަސަންޓް ފިޓުކޮށްކަމަށެވެ. އެހެން ކަމުން ކުއާޓާ ފައިނަލުގައި އަޔެކްސްއާ ދެކޮޅަށް ރޮނާލްޑޯ ކުޅޭނެ ކަމުގެ އިތުބާރު ބޮޑުކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

“ ރޮނާލްޑޯގެ އަނިޔާއިން އޭނާ ވަރަށް ބާރު ސްޕީޑުގައި ރަނގަޅުވަމުން އައިސް މިހާރު ގާތްގަނޑަކަށް 99 ޕަސަންޓް ފިޓްކޮށް ހުރީ، އެހެން ކަމުން މި ބަލަނީ އަޔެކްސްއާ ދެކޮޅަށް ރޮނާލްޑޯ ކުޅޭނެ ކަމަށް. އަހަރެން ރޮނާލްޑޯއަށް އަންގާފަ ވާނީ ބޮޑަށް ރެސްޓްކުރުމަށް“ އެލެގްރީ ބުންޏެވެ.

ރޮނާލްޑޯއަށް އަނިޔާވެ ކުޅުމާއި ދުރައްދާން ޖެހިފައިވާއިރު، އޭނާއަށް އަނިޔާވެފައިވަނީ ޔޫރޯ ކޮލިފައިންގައި ސާބިއާއާ ދެކޮޅަށް ކުޅުނު މެޗުގައެވެ.

އަނިޔާވެފައިވަނީ ރޮނާލްޑޯގެ ފައިގެ ފަލަމަސް ގަނޑަށެވެ. މި އަނިޔާއާ ގުޅިގެން ޔުވެންޓަސް އެންމެ ފަހުން ލީގުގައި ކުޅުނު ތިން މެޗުވެސް ރޮނާލްޑޯއަށް ވަނީ ގެއްލިފައެވެ. އެގޮތުން އެމްޕޮލީ، އޭސީ މިލާން އަދި ކަގްލިއާރީއާ ދެކޮޅަށް ރޮނާލްޑޯ ކުޅެފައެއް ނުވެއެވެ. އަދި ޔުވެންޓަސްގެ ފަރިތަކުރުންތަކުގައިވެސް ރޮނާލްޑޯ ބައިވެރިވެފައެއް ނުވެއެވެ.

ޔުވެންޓަސް އަދި އަޔެކްސް ބައްދަލުކުރާ ފުރަތަމަ ލެގުގެ މެޗު ކުޅޭނީ މިމަހުގެ 10 ވާ ބުދަދުވަހުގެ ރޭގައެވެ. މި މެޗު ކުޅޭނީ އަޔެކްސްގެ އަމިއްލަ ދަނޑުގައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.