
މާދަމާ އަކީ ބަންދު ދުވަހެއް ކަމުގައި ހަމަޖައްސައިފި
މާދަމާ އަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ކަނޑައަޅުއްވައިފިއެވެ.
މިކަން ހާމަކުރައްވާ ރައީސް އޮފީހުން އާންމުކޮށްފައިވާ އިއުލާނެއްގައި ވަނީ 2019 އޭޕްރިލް މަހުގެ 7 ވާ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ހަމަޖައްސާފައިވާ ކަމަށެވެ.
އަދި މާދަމާއަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މިހާރު ކުރިޔައްދާ މަޖިލިސް އިނތިޚާބާއި ގުޅިގެން ކަމަށްވެސް މި އިއުލާނުގައިވެއެވެ.



