ވޯޓުލުމަކީ ޤައުމުގެ މުސްތަޤްބަލަށް އަދާކުރަންޖެހޭ ހައްގެއް: ނައިބު ރައީސް
ވޯޓުލުމަކީ ޤައުމުގެ މުސްތަޤްބަލަށްޓަކައި އަދާކުރަންޖެހޭ ހައްގެއްކަމަށް ދިވެހިރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލިސް އިންތިޚާބު 2019 ގައި ވޯޓުލެއްވުމަށް ފަހުު މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭ ޑިމަކްރަސީގެ ރީތި އުސޫލުން ފެނިގެންދާ ކަމަށެވެ. އަދި ރައްޔިތުން ދައްކާ ކެތްތެރިކަމާއި ދައްކުވައިދޭ ނަމޫނާއަށް ޝުކުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.
މީގެ އިތުރުން ނައިބު ރައީސްވެސް ވަނީ ރައްޔިތުން ވީހާވެސް އަވަހަށް ނުކުންނަވާ ވޯޓުލުމަށް އިލްތިމާސްކުރައްވާފައެވެ.
ނައިބު ރައީސް ފައިސަލް ނަސީމް ވޯޓުލައްވާފައިވަނީ މަޖީދީމަގުގައި ހުންނަ ބިއްލޫރިޖެހިގެ (މީޑިއާ ކައުންސިލް އިދާރާ)ގައި ބަހައްޓާފައިހުރި ފުވައްމުލަކު ދެކުނު ދާއިރާގެ ވޯޓު ފޮއްޓަށެވެ.