
ތިލަފުށީގައި ވޯޓުލުން ނުފެށި ލަސްވަނީ ވޯޓުލާ ތަކެތި ވެއްދުމުގައި ދިމާވި ދަތިތަކެއްގެ ސަބަބުން
ތިލަފުށީގައި ވޯޓުލުން ނުފެށި ލަސްވެގެން ދަނީ ވޯޓުލާ ތަކެތި ވެއްދުމުގައި ދިމާވި ދަތިތަކެއްގެ ސަބަބުންކަމަށް އިލެކްޝަންސް ކޮމިޝަން އޮފް މޯލްޑިވްސް އިން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ މަޖިލިސް އިންތިޚާބަށް ވޯޓުލުން ހުރިހާ ރަށެއްގައި ވޯޓުލުން ފެށިފައިވާ ކަމަށެވެ.
ނަމަވެސް ތިލަފުށީގައި ވޯޓުލުން ފެށިފައިނުވާ ކަމަށެވެ. އަދި އެކަން ހައްލުކޮށް ވީހާވެސް އަވަހަށް ވޯޓުލުން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް އަކްރަމް ވިދާޅުވިއެވެ.
މި އިންތިހާބުގައި މާލެ ސަރަހައްދުގައި 144 ވޯޓު ފޮއްޓެއް ބަހައްޓާފައިވާ އިރު، މުޅި ޖުމްލަކޮށް 501 ވޯޓު ފޮށި މި ފަހަރުގެ އިންތިހާބުގައި ބަހައްޓާފައިވެއެވެ.
މި ފަހަރުގެ އިންތިޚާބުގައި 1663 މަންދޫބުން ކެންޑިޑޭޓުންގެ ގޮތުގައި ހަރަކާތްތެރިވާއިރު، ރާއްޖޭގެ 3624 ފަރާތަކުންވެސް އަންނަނީ އޮބްޒާވްކުރަމުންނެވެ.
މީގެއިތުރުން މީޑިއާތަކުން 2220 މޮނިޓަރުން ހަރަކާތްތެރިވާ އިރު، އިލެކްޝަންސް ކޮމިޝަންގެ 4،000 އަށް ވުރެ ގިނަ އޮފިޝަލުންވެސް ހަރަކާތްތެރިވާނެއެވެ.



