ލީން ސްޓާޓްއަޕް މެޝިން ރާއްޖެ ގެންނަނީ
ދުނިޔޭގެ އެންމެ ވަރުގަދަ ސްޓާޓްއަޕް ވޯކްޝޮޕް ”ލީން ސްޓާޓްއަޕް މެޝިން“ ރާއްޖެ ގެންނަން ނިންމައިފިއެވެ.
މި ވޯކްޝޮޕް ރާއްޖެ ގެންނަނީ ދިރާގާއި ސްޕާކްހަބް ގުޅިގެންނެވެ.
ތިން ދުވަހަށް ބާާޢްވާ އިންޓެންސިވް މި ވޯކްޝޮޕުގައި އަލަށް ވިޔަފާރިއަށް ނުކުންނަ ފަރާތްތަކަށް ލީން ޓެކްނޮލޮޖީތަކާއި އެޕްލިކޭޝަންތައް ކިޔައިދިނުމަށް ވަނީ ނިންމާފައެވެ. އަދި ކަސްޓަމަރުންނާ ގުޅޭ ބިޒްނަސް މޮޑެލްތައްވެސް ކިޔައިދޭނެއެވެ.
ދުނިޔޭގެ އެކި ހިސާބުތަކުގެ 50 ސިޓީގައި ކުރިއަށްގެންގޮސްފައިވާ މި ވޯކްޝޮޕް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 އިން 21 އަށެވެ.
ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު ހެކަތޯންވެސް ސްޓާޓް އަޕް ގްރައިންޑު އެކްސުން ބާއްވާފައިވާ އިރު، ދިރާގާއި ސްޕާކުހަބް ގުޅިގެން ބާއްވާ މި ހަރަކާތްތަކުގެ އަމާޒަކީ ރާއްޖޭގައި އަލަށްފަށާ ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމްކޮށްދިނުމެވެ.