އިންފްލުއެންޒާ ވެކްސިން ޖަހައިފިންތަ؟ ނުޖަހަންޏާ އަވަހަށް ޖަހާ..

ފާއިތުވި ދެ އަހަރުގެ ތަފާސްހިސާބުތަކާއި އަޅާބަލަ އިރު، މިދުވަސްވަރު އިންފުލުއެންޒާ ރޯގާ ފެތުރޭނެމިންވަރު އިތުރުވާނެ ކަމަށް ލަފާކުރެވޭތީ ރައްކާތެރިވެތިބުމަށް އިންފްލުއެންޒާ ވެކްސިން ޖެހުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންފުލުއެންޒާ ވައިރަހަކީ އޭގެ ޒާތުގައި އަބަދުވެސް ކޮންމެވެސް ވަރަކަށް ބަދަލުވާ ވައިރަހއް ކަމަށެވެ. އެހެންކަމުން އެ ބަދަލުތަކަށް ބަލާ ކޮންމެ 6 މަހަކުން އާ ވެކްސިން އެއް އުފައްދާ ކަމަށެވެ.

އިޝްތިހާރު Below Header ad

އިންފުލުއެންޒާ ޖެހުމުގެ ނުރައްކާ ބޮޑު މީހުންގެ ތެރޭގައި މާބަނޑު މީހުންނާއި އެކި ސަބަބު ތަކާހުރެ ގުނަވަން ބަދަލުކޮށްފައިވާ މީހުންނާއި ކެންސަރު ބައްޔަށް ފަރުވާ ހޯދާ މީހުންނާ ފަރުވާ ފުރިހަމަ ކޮށްފައިވާ މީހުން ހިމެނެއެވެ.

މީގެ އިތުރުން ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާކުރާ ތިން އަހަރުން މަތީގެ މީހުންނާއި ޢުމުރުން 65 އަހަރުން މަތީގެ މީހުންނާއި ޢުމުރުން 6 މަހާއި 6 އަހަރާ ދެމެދުގެ ކުދިންނާއި ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންވެސް ހިމެނެއެވެ.

އެހެންކަމުން ޚާއްޞަކޮށް މިފަދަ މީހުން މި ވެކްސިން ޖެހުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށްވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

އިންފުލުއެންޒާ ވެކްސިން އެސްޓީއޯ އާއި އޭޑީކޭ ފާމަސީ އިން ލިބެންހުންނާނެކަމަށް  އެޗްޕީއޭ އިން ބުންޏެވެ.

އިންފުލުއެންޒާ ވެކްސިން އަކީ އަހަރަކު އެއްފަހަރު ޖަހަންޖެހޭ ވެކްސިނެކެވެ.

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.