ޕްރިމިއަރ ލީގު: ވުލްވްސް އިން ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހަތުން އަރައި ވުލްވްސްއިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފިއެވެ.

ރޭ ވުލްވްސް ގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުން މެންޗެސްޓަރ ބަލިކުރީ 1-2 ގެ ނަތީޖާއިންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ރޭ ވުލްވްސް އަތުން މެންޗެސްޓަރ ބަލިވި އިރު، މިދިޔަ މަހު އެފްއޭ ކަޕް ކުއާޓާ ފައިނަލުން ޔުނައިޓެޑް ކެޓީ ވެސް ވުލްވްސް އަތުން 2-1 އިން ބަލިވުމުންނެވެ.

ރޭގެ މެޗުން ބަލިވުމުން ގަދަ ހަތަރަކަށް ވަންނަން ޔުނައިޓެޑަށް ލިބުނު ފުރުސަތު ގެއްލުނުއިރު، މިރޭ ޗެލްސީ ކުޅޭ މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުން ޔުނައިޓެޑް ހަ ވަނަ އަށް ވެއްޓުމުގެ ފުރުސަތު އެބައޮތެވެ. ޔުނައިޓެޑް މި ވަގުތު ފަސް ވަނައިގައި އޮތީ 32 މެޗުން 61 ޕޮއިންޓާ އެކު އެވެ. ހަ ވަނައިގައި އޮތް ޗެލްސީ މިރޭ އަމިއްލަ ދަނޑުގައި ބްރައިޓަންއާ ދެކޮޅަށް ކުޅޭއިރު، އެ ޓީމަށް މި ވަގުތު އޮތީ 31 މެޗުން 60 ޕޮއިންޓް ލިބިފަ އެވެ.

ވުލްވްސްގެ މޮލިނެއުކްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފަށައިގެން މޮޅަށް ކުޅެމުން އައީ ޔުނައިޓެޑުންނެވެ. އެގޮތުން މެންޗެސްޓަރ އިން ވަނީ ވުލްވްސްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއްވެސް ވަނީ ފޮނުވާލާފައެވެ. ރޮމެލޫ ލުކާކޫ ފޮނުވާލި ބޯޅަ ވުލްވްސް ކީޕަރު ރުއީ ޕެޓްރީސިއޯ މަތަކުރިއިރު، ޔުނައިޓެޑުގެ ދެވަނަ ހަމަލާ ވަނީ ގޯލްގެ ތެރެއަށް ވައްދާލާފައެވެ. މެޗުގެ 13 ވަނަ މިނިޓްގައި ޔުނައިޓެޑަށް ލީޑުނަގައިދިން މި ގޯލް ޖެހީ ސްކޮޓްލެންޑްގެ މިޑްފީލްޑަރު ސްކޮޓް މެކްޓޮމިނޭއެވެ.  މެކްޓޮމިނޭ ތިރިތިރިން ގޯލަށް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުރުކަނަށެވެ.

ލީޑުފުޅާކުރަން ޔުނައިޓެޑްގެ ޖެސޭ ލިންގާޑަށް ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށްވީ، މެޗުގެ 25 ވަނަ މިނިޓްގައި ވުލްވްސްގެ ޑިއޯގޯ ޔޮޓާ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނުމެވެ.

ޔުނައިޓެޑުގެ އުންމީދުތަށް ފެނަށް ވެގެން ދިޔައީ ދެ ވަނަ ހާފް ފަށައިގެން 12 މިނިޓް ތެރޭ ޔުނައިޓެޑްގެ ކެޕްޓަން އެޝްލީ ޔަންގަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެއެވެ. ވުލްވްސް މޮޅުވި ލަނޑު ޖަހާފައިވަނީ މެޗުގެ 77 ވަނަ މިނެޓުގައެވެ. ނަމަވެސް މި ލަނދަކީ ޔުނައިޓެޑްގެ ކްރިސް ސްމޯލިން އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މި ފަހަރު ޕްރިމިއާ ލީގަށް ޕްރޮމޯޓްވެ ވުލްވްސް އަންނަނީ ޕްރިމިއާ ލީގުގެ ގަދަ ހަ ޓީމާ ދެކޮޅަށް ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. އަންނަ ސީޒަނުގައި ޔޫރޮޕާ ލީގުގައި ކުޅުމަށް ޓާގެޓްކޮށްފައިވާ ވުލްވްސް ވަނީ އެފްއޭ ކަޕްގެ ސެމީ ފައިނަލުން ވެސް ފުރުސަތު ހޯދައިފަ އެވެ.

ލީގުގައި ރޭ ކުޅުނު މެޗުން ވަޓްފޯޑް އަތުން 4-1 އިން ބަލިވެ ފުލަމް ވަނީ ރެލިގޭޓްވެފަ އެވެ. ފުލަމް އަކީ މި ފަހަރު ރެލިގޭޓްވި ދެ ވަނަ ޓީމެވެ. އެންމެ ފަހުން ކުޅުނު މެޗަށް ފަހު ހަޑްސްފީލްޑް ޓައުން ވެސް ވަނީ ބާކީ ހަ މެޗު އޮއްވައި ރެލިގޭޓްވެފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.