ދިރާގުން ފިކްސްޑް ބްރޯޑްބޭންޑް އިންޓަރނެޓް ޚިދުމަތަށް ވަރަށް ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފި
ދިރާގުން އެ ކުންފުނީގެ ފިކްސްޑް ބްރޯޑްބޭންޑް އިންޓަރނެޓް ޚިދުމަތަށް ވަރަށް ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުނިން ފެށި މި ޕްރޮމޯޝަނުގެ ދަށުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން ހިލޭ ގުޅައިދޭނެއެވެ. އަދި 6 މަސް ދުވަސް ވަންދެން 30 އިންސައްތަ ޑޭޓާ އިތުރަށް ލިބޭނެއެވެ.
މިއީ މި އޭޕްރިލް މަހުގެ 30 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާ ޕްރޮމޯޝަނެކެވެ.
ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު 100 އެމްބީޕީއެސް ހިމެނޭ ޚިދުމަތެކެވެ.
ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކް ޤާއިމު ކޮށްފައިވާ ދިރާގުން ދަނީ މުޅި ރާއްޖެއަށް ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން 2016 ވަނަ އަހަރުން ފެށިގެން ދިރާގުން ވަނީ ފައިބަރ ބްރޯޑްބޭންޑް ރާއްޖޭގެ އާބާދީގެ 70 އިންސައްތައަށްފޯރުކޮށްދީފައެވެ.
މި ޚިދުމަތާއިބެހޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް https://www.dhiraagu.com.mv/Dhiraagu_Fibre_Broadband.aspx ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.