ނޭޓޯގެ ދެ މަނަވަރު ޔޫކްރެއިންގެ ކަޅުކަނޑުގައި އޮންނަ ބަދަރަކަށް ޒިޔާރަތްކޮށްފި

ނޯތް އެތްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން (ނޭޓޯ) ސްޓޭންޑިން މެރިޓައިމް ގްރޫޕް (އެސްއެންޖީ2) ގެ ދެ މަނަވަރު ޔޫކްރެއިންގެ ކަޅުކަނޑުގައި އޮންނަ ބަދަރަކަށް ޒިޔާރަތްކޮށްފިއެވެ.

އެޗްއެމްސީއެސް ޓްރޮންޓޯ އޮފް ދަ ރޯޔަލް ކެނޭޑިއަން ނޭވީ އާއި އީއެސްޕީއެސް ސަންޓާ މާރިއާ އިފް ދަ ސްޕެނިޝް ނޭވީގެ މި ދަތުރަކީ އެ ދެ ބަނދަރުގެ ހާލަތު ބަލާ، އިތުރަށް ރަނގަޅުކުރުމަށް ބޭނުންވާ ކަންކަން ދެނެގަތުމަށް ކުރި ދަތުރެއްކަމަށް މަޢުލޫމާތު ލިބެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ދަތުރުގައި ޔޫކްރެއިންގެ އާރމްޑް ފޯރސްއާއި އެހެން ބައެއް ތަންތަނާއެކު މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ނިންމާފައިވާކަމަށްވެސް ވަނީ މަޢުލޫމާތު ލިބިފައެވެ. އެހެންނަމަވެސް އެކަމުގެ އިތުރު މަޢުލޫމާތެއް އަދިހާމައެއް ނުކުރެއެވެ.

މީގެ އިތުރުން ދެ ޤައުމުގެ ސިފައިން ގުޅިގެން ބާއްވާ އަސްކަރީ ތަމްރީނުތަކެއްގައި ބައިވެރިވުމާއި މި ދެ މަނަވަރު ޢާންމުންނަށް ދައްކާލުމަށްވެސް ވަނީ ނިންމާފައެވެ.

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.