އެސްޓީއޯ އިން ކާޑުގެ ބާވަތްތަކުގެ އަގުހެޔޮ ކޮށްފި
ރާއްޖޭގެ ހުރިހާ ރަށެއްގައި ކާޑުގެ ބާވަތް ތައް ވިއްކާ އަގު ހެޔޮކޮށްފިއެވެ.
މިކަމާއި ގުޅިގެން އެސްޓީއޯ އިން ބުނީ މި ހިނގާ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކާޑުގެ ބާވަތްތައް އަގު ހެޔޮވާނެ ކަމަށެވެ.
އެގޮތުން ހަނޑޫ ބަސްތާއެއް 199ރ. އަށް، ހަކުރު ބަސްތާއެއް 200ރ. އަދި 149ރ. އަށް ގޮދަންފުށް ބަސްތާއެއްގެ އަގުހެޔޮ ކޮށްފައިވާ ކަމަށެވެ.
ކާޑުގެ އަގުހެޔޮކޮށްފައިވާއިރު، މާލެއާ އެއް އަގެއްގައި ހުރިހާ ރަށެއްގައި ކާޑުގެ ބާވަތްތައް ވިއްކުމަށް އެސްޓީއޯ އިން ނިންމީ މިދިޔަ މަހު އެވެ. އަދި ނާލާއި މަޖޫރީ ފީ އެސްޓީއޯ އިން ދޭ ގޮތަށް ވެސް ނިންމާފައިވާއިރު، ކާޑު ވިއްކާނީ އެސްޓީއޯ އިން ކަނޑައަޅާ އެޖެންޓުންތަކެއް މެދުވެރިކޮށެވެ.
ކާޑުގެ އަގުތައް ހެޔޮކޮށް ހަމަހަމަކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.