ހާޓްއެޓޭކް ޖެހުމުގެ ކުރިން އެނގެން ބޭނުންތަ؟

ދިރިއުޅުމުގެ ނުތަނަވަސް ކަމާއި ވިސްނުމާއި ފިކުރު ބޮޑުވުން އަދި ކެއުން ބުއިމުގައި ރަނގަޅު އާދަތައް ނުގެން ގުޅުމަކީ އިންސާނާ ތަފާތު އެކިއެކި ބަލިތަކުގެ ޝިކާރައަށް ވުމަށް މަގުފަހިވާ ކަންކަމެވެ. ހެލްތީ ލައިފްސްޓައިލް އެއް ގެންގުޅެ ފިރުކުތަކާއި ހާސްކަމާއި ދުރަށް ދިއުމަކީ ހިތުގެ ބަލިފަދަ ކުއްލިއަކަށް ދިމާވެދާނެ ނުރައްކާތެރި ބަލިތަކުން ސަލާމަތް ވުމަށް އެޅިގެންދާ ރަނގަޅު ފިޔަވަޅެކެވެ. do heart attack symptoms last

ބައެއް ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ހާޓް އެޓޭކް ނުވަތަ ހިތް ހުއްޓުން ފަދަ ބައެއް ބަލިތަކުން ސަލާމަތްވެ ހުރުމަށް ދުޅަހެޔޮ ސިއްހަތެއް މުހިއްމެވެ. އަދި ހާޓް އެޓޭކެއް ޖެހުމުން ރައްކާތެރިކޮށްދޭ ނުވަތަ އެއްމަސް ކުރިން އެކަން ދެނެގަނެވިދާނެ ކަމެއް ކަމަށް ސިއްހީ މާހިރުން ވިދާޅުވެ އެވެ. ބޭނުންވަނީ ހާޓް އެޓޭކް ޖެހުމަށް މަގުފަހިވާ ކަންކަން ދެނެގަތުމެވެ.

އިޝްތިހާރު Below Header ad

CCAD Blog Illustration recognising heart attack

ވަރުބަލިވެ މީހާގެ ޖޯރު ގެއްލުން:

ހާޓްއެޓޭކް ނުވަތަ ހިތް ހުއްޓުމަކީ ހިތަށް ލޭ ގެންގޮސްދޭ ހޮޅީގެ ތެރޭގައި އެތިކޮޅެއް ތާށިވެ ހިތުގެ ވަކި ހިސާބަކަށް ގެންގޮސްދޭންޖެހޭ ލޭ ނުލިބުމުގެ ސަބަބުން ހިތުގެ ވިންދު ހުއްޓުމަށް ކިޔާ ނަމެކެވެ. މިހެން ވުމުން ހިތް މަސައްކަތް ކުރަން ޖެހޭ ވަރަށް ވުރެ ހިތަށް ލޯޑް ބޮޑުވެ އިންސާނާއަށް އާދަޔާ ހިލާފު ވަރުބަލިކަން އިހުސާސް ކުރެވެ އެވެ. އަދި މުޅި މީހާގެ ޖޯރު މަޑުމަޑުން ނެތެން ފަށަ އެވެ.

ނޭވާ ކުރުވުން ނުވަތަ ނޭވާލާން އުނދަގޫވުން:

ހިތަށް ލޭ ފޮނުވައިދޭ މިންވަރު މަދުވާނަމަ ފުއްޕާމެއަށް އާންމުކޮށް އޮކްސިޖަން ބޭނުންވާ މިންވަރު ދަށްވެ އެވެ. ފުއްޕާމެއާއި ހިތަކީ އޭގެ ޒާތުގައި ގުޅިލާމެހިފައިވާ ދެ ގުނަވަނެވެ. އެހެންކަމުން ނޭވާލާން އުނދަގޫވާނަމަ އެންމެ ރަނގަޅު ގޮތަކީ ވީހާވެސް އަވަހަށް ޑޮކްޓަރަށް ދެއްކުމެވެ.

ހަށިގަނޑުން ވާގިދޫވެ މޫނުމައްޗަށް އަދިރިވާ ގޮތް ދިމާވުން:

ިހިތް ހުއްޓި ދާނެ ކަމުގެ އަލާމާތްތަކުގެ ތެރޭގައި ހަށިގަނޑަށް ބޭނުންވާ ވަރަށް އޮކްސިޖަން އަދި ލޭ ދައުރުނުވުމުގެ ސަބަބުން މަސަލްސްތައް ވަރުބަލިވެ މުޅި މީހާ ވަރުބަލިކޮށްލަ އެވެ. އަދި މިހެން ވުމުގެ ސަބަބުން މޫނުމައްޗަށް އަނދިރިވެ ހޭނެތުމަކީ ވެސް ދިމާވެދާނެ ކަންކަމެވެ. މީގެ އިތުރަށް މޭ ނުބައި ކުރުމާއި، ދާހިއްލުމަކީ ހިތް ހުއްޓުމުގެ އަލާމާތްތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށް ސިއްހީ މާހިރުން ވިދާޅުވެ އެވެ.

މޭގައި އާދަޔާ ހިލާފު ރިއްސުމެއް ހުރުން:

Heart attack symptoms Six signs your chest pain is the life threatening condition 1089521

ހިތް ހުއްޓުން ނުވަތަ ހާޓްއެޓޭކް ޖެހުމުގެ ކުރިން އެކަން ދެނެގަނެވޭނެ އެންމެ ފަސޭހަ ނަމަވެސް ރިސްކް ބޮޑު ނިޝާނަކީ މޭގައި ރިހުމެވެ. އެގޮތުން މެއާއި ދިމާއިން ފިތިފައި ހުންނަ ކަހަލަ ތަދެއް އިހުސާސް ވާނެ އެވެ. ބައެއް ފަހަރު މަޑު ތަދެއް ހުރިނަމަވެސް އަނެއްބައި ފަހަރު މިތަދު ބޮޑަށް އިހުސާސް ކުރެވޭނެ އެވެ. އަދި ފާހަގަކުރެވިފައިވާ އެއްވެސް ކަމެއް ދިމާވާނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިއްމެވެ. އަދި މިއީ ހިތް ހުއްޓުމުގެ ކުރިން އެކަން ކުރިއާލައި ދެނެގަނެވިދާނެ އަލާމާތް ތަކެކެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ހިތް ހުއްޓުމުގެ މައްސަލަ އަހަރަކު 12 މިލިއަނަށް ވުރެ ގިނަ މީހުނަށް ކުރިމަތިވާއިރު މިކަމުން ސަލާމަތްވުމަށް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ ކޮންމެހެންވެސް މުހިއްމު ކަމެކެވެ.

ximage2 1538202021.jpg.pagespeed.ic .XzRXkHiHkr

ހާޓްއެޓޭކް ޖެހުން ކުޑަކޮށްދޭ ބައެއް ކަންތަށްތަށް:

ސިއްހަތަށް ފައިދާހުރި ކާނާ ބޭނުންކުރާށެވެ.
ކަސްރަތުކުރާށެވެ. ނުވަތަ ކަންނެތް ދިރިއުޅުމާ ދުރުވެ ހެލިފެލިވެ އުޅޭށެވެ.
ބަރުދަން އެއްވަރެއްގައި ހިފަހައްޓަންމަސައްކަތްކުރާށެވެ.
މަސްތުވާތަކެއްޗާދުރުހެލިވާށެވެ.
ދުންފަތުގެ އިސްތިއުމާލު ނުކުރާށެވެ.

ގިނައިން މޭވާ ކެއުން:

ދިރާސާތަކުން ދައްކާގޮތުގައި ގިނައިން މޭވާ ކެއުމަކީ ހާޓްއެޓެކްޖެހުމުގެ ރިސްކް ކުޑަކޮށްދޭ ކަމެކެވެ. މޭވާއަކީ އެކްއޮކްސިޑެންޓާއި ވިޓަމިން އަދި މިނެރަލްއިން މުއްސަނދި ވެފައިވާ އެއްޗަކަށްވާތީ މޭވާ ކެއުމަކީ ހިތުގެ ބަލިތަކުގެ އިތުރުން އެހެނިހެން ބަލިތަކުންވެސް ދިފާއުކޮށްދޭ ކަމެކެވެ. އެކަމަކު މާގިނައިން ފޮނިގަދަ މޭވާ ކެއުމުގެ ބަދަލުގައި ހުތް ނުވަތަ ކުޑަކޮށް ހިތިރަހައެއްހުންނަ މޭވާ ބޭނުންކުރުމަކީ އެންމެ މޮޅުގޮތެވެ. ހަކުރުބަލީގައި އުޅޭ މީހުންނާއި ހަކުރުކެއުން މަދުކުރުމަށް ޑޮކްޓަރުން ލަފާދީފައިވާ މީހުން މިކަމަށް ސަމާލުކަން ދޭންވާނެއެވެ.

ކަސްރަތުކުރުމަށްފަހު ނުވަތަ ބުރަމަސައްކަތަކަށްފަހު މޭވާ ބޭނުން ކުރުމަކީ ހަށިގަނޑަށް އެނަޖީ ހޯދައިދެވޭނެ އެންމެ ބަރާބަރު ގޮތެވެ.

ހިތަށް އެންމެ ފައިދާހުރި ކާނާ:

veggies

ހިތުގެ މައްްސަލަޖެހެނީ ކޮލޮސްޓްރޯލް ލެވެލް ހުންނަންވާވަރަށްވުރެ މައްޗަށް ދިއުމުންކަން އެނގެއެވެ. ކޮލޮސްޓްރޯލް މައްޗަށްދިއުމޭ މިކިޔަނީ ލޭ ހޮޅިތައް ބްލޮކްވާ ވާހަކައަށެވެ. ކޮލޮސްޓްރޯލްގެ ތެރޭގައި ވެސް ދެވައްތަރެއްވެއެވެ. ރަނގަޅު ކޮލޮސްޓްރޯލާ ނުބައި ކޮލޮސްޓްރޯލެވެ. ރަނގަޅު ކޮލޮސްޓްރޯލް ހުންނަ ކާނާއަކީ ކާންޖެހޭ ބާވަތްތަކެކެވެ. އަދި ނުބައި ކޮލޮސްޓްރޯލްއަކީ އެއިން ދުރުވާން ޖެހޭ އެއްޗިއްސެވެ. ލޭހޮޅިތައް ބްލޮކް ވަނީ ނުބައި ކޮލޮސްޓްރޯލް ހުންނަ ތަކެތި ބޭނުން ކުރެވޭތީއެވެ. މީގެ ތެރޭގައިހަކުރު އަދި ހަކުރުއެކުލެވޭ ކާނާ ހިމެނެއެވެ. ޓްރާންސްފެޓްހުންނަ ތެލުގެ ބާވަތްތައްމިއަަށްވުރެވެސް ނުރައްކާތެރި އެވެ.

އެހެންވީމާ ހިތުގެ މައްސަލަތަކުންނާއި ހާޓްއެޓޭކުން ސަލާމަތްވެ ހުރުމަށް ދުރާލައި ސަމާލުވާން ޖެހެއެވެ. އިހަށް މަޑުކޮށްލައިފިނަމަ ވަގުތު ފާއިތުވެދާނެކަމަށްޓަކައެވެ. މިހާރުން މިހާރަށްވެސް ފަށަންޖެހިފައިވާ ކަންކަން މިދަންނަވަނީއެވެ.

ޖަނަވާރުގެ މަހާއި އެމަސް ބޭނުންކޮށްގެން ހަދާފައި ހުންނަ ކާތަކެތިން ދުރުހެލިވާށެވެ.
ހަކުރު ބޭނުންކޮށްގެން ހަދާފައިހުންނަ ތަކެތި ބޭނުން ކުރުން މަދުކުރާށެވެ.
ހެލިފެލިވެއުޅުން. އަދި ވީވަރަކުން ގުދުރަތީ ކާނާ ބޭނުންކުރާށެވެ.
ގިނައިރު އިށީދެގެން ނުއިނުމާއެކު ދުވާލަކު 10000 ފިޔަވަޅަށްވުރެ މަދު ނޫންއަދަދަކަށް ހިނގުން އާދަކުރާށެވެ.
ކޮލޮސްޓްރޯލް ދަށްކުރަން ދޭ ބޭހުގެ ބޭނުންނުކޮށް ވޭތޯ ބަލާށެވެ. އޭގެ މާނައަކީ ޑޮކްޓަރ އެކަމަށް އެދޭވަރު ވިޔަދީގެންނުވާނެއެވެ.
ވިޓަމިން ޑީ ހުންނަ ކާނާގެ ބޭނުންކުރުން ގިނަކުރާށެވެ.
ސްޓްރެސްއިން ފްރީވެގެން އުޅުމަށްް ކޮންމެ ދުވަހަކުވެސް މަސައްކަތް ކުރަންވާނެއެވެ.

 

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.