
އެމްޓީސީސީ އިން ރާއްޖެއަށް ކާސްޓްރޯލް ބްރޭންޑުގެ އޮޓޯމޯބައިލް އުފެއްދުންތައް ތަޢާރަފް ކުރަނީ
އެމްޓީސީސީ އިން ރާއްޖެއަށް ކާސްޓްރޯލް ބްރޭންޑުގެ އޮޓޯމޯބައިލް އުފެއްދުންތައް ތަޢާރަފް ކުރަން ނިންމައިފިއެވެ.
އެކުންފުނިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޓީސީސީގެ ޓްރޭޑިންގ އެންޑް އިންޖިނިއަރިންގ ޑިޕާޓްމެންޓްގެ ހެޑް އިސްމާއިލް އަދުހަމު ވިދާޅުވީ ރާއްޖޭގައި ކާރާއި ސައިކަލް ގެންނަ ކުންފުނިތައް ހުރިނަމަވެސް ދުނިޔޭގެ މަޝްހޫރު ބްރޭންޑެއްގެ އުފެއްދުންތައް ރާއްޖެއަށް ތަޢާރަފު ކުރުމުން ރާއްޖޭގެ އޮޓޯމޯބައިލް ސިނާޢަތަށް ކުރިއެރުން ލިބޭނެ ކަމަށެވެ.
ދުނިޔޭގައިވެސް ނަން މަޝްހޫރު ބްރޭންޑެއް ކަަމަށްވާ ކާސްޓްރޯލް އުފެއްދުންތައް އެމްޓީސީސީއަށް ގެންނަތާ 20 އަހަރުވެފައިވާ އިރު، އެ ކުންފުނިން އިތުރަށް ބުނީ މިއީ މި މާކެޓަށް ސްޓެބިލިޓީއެއް ގެނެވޭނެ ކަމެއް ކަމަށެވެ.
އެ ކުންފުނިން ވިއްކާ އިންޖީނުތަކަށް ބޭނުންވާ ސްޕެއަރ ޕާރޓްސްތައް އަތޮޅު ތެރެއިން ކުރިމަގުގައި ލިބޭނެ ގޮތް ފަހިކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށާއި އެކަމަށް އޭޖެންޓުންތަކެއް އަތޮޅުތަކަށް ކަނޑައަޅާފައިވާ ކަމަށްވެސް އެމްޓީސީސީ އިން ބުންޏެވެ.



