”ދަ ކޮމިޝަން އޮންދަ ސްޓޭޓަސް އޮފް ވިމެން“ 63ގައި މިނިސްޓަރ ޝިދާތާ ސްޓޭޓްމަންޓް ދެއްވައިފި

އ.ދ.ގެ މައި އިދާރާގައި ކުރިއަށް ދާ ”ދަ ކޮމިޝަން އޮން ދަ ސްޓެޓަސް އޮފް ވިމެން“ގެ 63ވަނަ ސެޝަންގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް ސްޓޭޓްމަންޓް ދެއްވައިފިއެވެ.

މިނިސްޓަރ ޝިދާތާގެ ސްޓޭޓްމަންޓްގައި ދިވެހިރާއްޖޭގެ އަންހެނުންނަށާއި އަންހެން ކުދިންނަށް ކުރިމަތިވާ ގޮންޖެހުންތައް ފާހަގަކުރެއްވިއެވެ. އެ ގޮތުން އިޖުތިމާޢީ، އިޤްތިޞާދީ، ސިޔާސީ އަދި ވަޒީފާގެ މާޙައުލުގައި ކުރިމަތިވާ މި ފަދަ ގޮންޖެހުންތައް އެ ކަމަނާ ބަޔާންކޮށްދެއްވިއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިނިސްޓަރ ޝިދާތާގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގެ 85 މެމްބަރުންގެ ތެރޭގައި ހިމެނެނީ ފަސް އަންހެނުން ކަމަށް ވިދާޅުވެ، އެކަށީގެންވާ މިންވަރަށް އަންހެނުންގެ ބައިވެރިވުން ނެތި މުޅި އާބާދީއަށް ބޭނުންވާ އެންމެ އެކަށޭނަ ސިޔާސަތުތައް ނުހެދޭނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، އަންހެނުންނަށް ކުރިމަތިވާ މި ފަދަ ދަތިތައް ޙައްލުކުރަން ޖެހޭ ކަން ބަޔާންކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޚްގެ ސަރުކާރުން އަންހެނުން އިޖުތިމާޢީ، އިޤްތިޞާދީ އަދި ސިޔާސީ ގޮތުން ބާރުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޝިދާތާ ވިދާޅުވީ އަންހެނުންނަށާއި އަންހެން ކުދިންނަށް ހަމަހަމަ ފުރުޞަތުތަކާއި އަމިއްލައަށް ކަންކަން އިޚުތިޔާރުކުރުމުގެ ފުރުޞަތު ލިބެންދެން ދިވެހިރާއްޖޭން މަސައްކަތްކުރަމުން ގެންދާނެ ކަމަށެވެ. އަދި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކާއި އަންހެނުންނާއި އަންހެން ކުދިންގެ ރައްކައުތެރިކަން ކަށަވަރުކުރުމަށް ކުރަމުން ދާ މަސައްކަތްތަކަށް އެ ކަމަނާ އަލިއަޅުއްވައިލެއްވިއެވެ. އެ ގޮތުން ތަޢުލީމީ އަދި ޞިއްޙީ ދާއިރާއިން ހޯދައިފައިވާ ކުރިއެރުންތަކާއި، ދިވެހިރާއްޖޭން ޢަމަލުކުރަމުން ދާ ޖެންޑަރ އިކުއަލިޓީގެ ޤާނޫނު އެ ކަމަނާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޝިދާތާގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ އަންހެނުންނަށް މަސައްކަތުގެ މައިދާނުގައި ގިނަ ދަތިތަކެއް ކުރިމަތިވެފައިވާ ކަން ފާހަގަކުރައްވައި، މުޖުތަމަޢުއިން މި ކަމުގައި ދެކޭ ގޮތް ބަދަލުކުރަން ޖެހޭ ކަމަށް ވެސް އެ ކަމަނާ ވިދާޅުވިއެވެ. އަދި ވަޒީފާގެ މައިދާނުގައި އަންހެނުންނަށް ކުރިމަތިވެފައިވާ މި ފަދަ ދަތިތަކާއި މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ދާ ކަމަށާއި، އެ ގޮތުން ވަޒީފާ އަދާކުރާ މައިންނަށް ލުއިފަސޭހަ ކަން ހޯދައިދިނުމުގެ ގޮތުން ވިހެއުމާ ގުޅިގެން 6 މަސްދުވަހުގެ މެޓަރނިޓީ ލީވް ދިވެހިރާއްޖޭގައި ތަޢާރުފުކުރެވިފައިވާ ކަމަށް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.

މި މަހުގެ 9ން 20ށް އެމެރިކާގެ ނިއު ޔޯކަށް ކުރައްވާ މި ދަތުރުފުޅުގައި ”ދަ ކޮމިޝަން އޮން ދަ ސްޓެޓަސް އޮފް ވިމެން“ގެ 63ވަނަ ސެޝަންގެ އިތުރުން ބައްދަލުވުމުގެ ހަވާސާގައި ކުރިއަށް ދާ ސައިޑް-އިވެންޓްތަކުގައި މިނިސްޓަރ ޝިދާތާ ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.