އެލައިޑުގެ އަންހެން މުވައްޒަފުންނަށްވެސް ވިހެއުމުގެ ޗުއްޓީ 6 މަސްދެނީ

ސަރުކާރުގެ އާ ސިޔާސަތާ އެއްގޮތަށް ރާއްޖޭގެ އެންމެބޮޑު އިންޝުއަރެންސް ކުންފުނި އެލައިޑް އިންޝުއަރެންސްގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށްވެސް ވިހެއުމުގެ ޗުއްޓީ 6 މަސްދިނުމަށް ނިންމައިފިއެވެ.

އެ ކުންފުނިން ބުނީ ސަރުކާރުގެ އާ ސިޔާސަތާ އެއްގޮތަށް އެ ކުންފުނީގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް ދަރިއަކު ލިބުމުން ދޭ ޗުއްޓީ 6 މަސް ދުވަހަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި ފިރިހެން މުވައްޒަފަކަށް އެއް މަސް ދުވަހުގެ ޗުއްޓީ ދިނުމަށް ނަންމާފައިވާ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ސިވިލް ސަރވިސްގައި މަސައްކަތްކުރާ އަންހެން މުވައްޒަފުން ވިހެއުމުން ލިބޭ ޗުއްޓީ 6 މަސް ދުވަހަށް އިތުރުކުރިކަން ހާމަކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ.

ވިހެއުމުން އަންހެނުންނަށް ލިބޭ ޗުއްޓީ އިތުރުކުރުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދަކަށް ހަދާފައިވާ އިރު، އެ މަނިކުފާނު މިގޮތަށް އިޢުލާން ކުރެއްވުމާއެކު ކުންފުނިތަކުންވެސް އަންނަނީ ވިހެއުމުން ޗުއްޓީ ދޭ މުއްދަތު އިތުުރުކުރަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.