ޓީ.ބީ އަކީ ދުނިޔޭގައި އެންމެ ގިނަ މީހުން މަރުވާ ގައިން ގަޔަށް އަރާ ބަލި

ޓީ.ބީ ނުވަތަ ޓިއުބަރކިއުލޯސިސް އަކީ ދުނިޔޭގައި އެންމެ ގިނަ މީހުން މަރުވާ ގައިން ގަޔަށް އަރާ ބައްޔެވެ. މިއީ މައިކޯބެކްޓީރިއަމް ޓިއުބަރކިއުލޯސިސް ކިއާ ބެކްޓީރިއާ ނުވަތަ ޖަރާސީމަކުން ޖެހޭ ބައްޔެކެވެ. ޓީ.ބީ ބަލި އާއްމުކޮށް ޖެހެނީ ފުއްޕާމެޔަށް ކަމަށް ވިޔަސް ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ވެސް ޓީ.ބީ ޖެހިދާނެއެވެ. ބޭހަށް ނުގުޑާ ޓި.ބީ (އެމް.ޑީ.އާރ ޓީ.ބީ) އަކީ އާއްމުކޮށް ޓީ.ބީ އަށް ދޭ ބޭސްތަކުގެ ތެރެއިން ބައެއް ބޭހުގެ އަސަރު ނުކުރާ ވައްތަރެކެވެ.

ރާއްޖެއަކީ ޓީބީ ނައްތާލުމަށް ޤައުމީފެންވަރުގައި އަހައްމިޔަތުކަން ދިނުމުގައި ނަމޫނާ ޤައުމެކެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ ގެ ދަށުން ހިނގަމުންދާ ނެޝަނަލް ޓީ.ބީ ކޮންޓްރޯލް ޕްރޮގްރާމަކީ ދިވެހިރާއްޖޭގައި ޓީ.ބީއަށް ފަރުވާ ކުރުމާއި ބަލި މީހުންނަށް ފަރުވާ ކުރުމާއި، ރާއްޖޭން މިބަލި މަދުކުރުމަށް މަސައްކަތްކުރާ، މައި އިދާރާއެވެ. ރާއްޖޭގައި ޓީ.ބީ ބަލި ހުރިކަމަށް ކަށަވަރު ކުރެވޭ ކޮންމެ މީހަކު، ނެޝެނަލް ޓިބީ ޕްރޮގްރާމްގައި ރަޖިސްޓްރީވެ، އެމީހަކަށް ބޭނުންވާ ޓެސްޓްތަކާއި ބޭނުންވާ ބޭސް ހިލޭ، ޓީބީ ޕްރޮގްރާމްގެ ތެރެއިން ފޯރުކޮށްދެވެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ނެޝަނަލް ޓީ.ބީ ޕްރޮގްރާމުން މިހާރު އެންމެ މުހިއްމު ގޮތެއްގައި ކުރިއަށް ގެންދާ ކަންތައް ތަކުގެ ތެރޭގައި ބަލި މީހުންނަށް ދޭޚިދުމަތްތަކުގެ އިތުރުން ރާއްޖެއިން ޓީ.ބީ ނައްތާލުމުގެ ސްޓްރެޓަޖިކް ޕްލޭން 2018-2022 ގައިވާ ކަންތައްތައް ރާވާ ކުރިއަށް ގެންދިއުން ހިމެނެއެވެ. ސްޓްރެޓެޖިކް ޕްލޭންގެ ތެރެއިން، ޓީ.ބީ އިން ރައްކާތެރިވުމަށް ކުރެވޭ އެންމެ މުހިންމު އެއްކަމަކީ، މިބަލި ޖެހިފައިވާކަން ނުވަތަ ނޫންކަން ދެނެގަނެ، ބަލިޖެހިފައިވާނަމަ ބަލީގެ ކުރީކޮޅު ފަރުވާ ފެށުމެވެ. ޓީ.ބީ އަދި އެހެންވެސް ބައްޔެއް ޖެހޭ މީހާ މުޖުތަމައުއިން މުޅީން އެކަހެރިކުރުމަކީ އާއްމު ޞިއްހަތުގެ އުޞޫލްތަކާ ތަޢާރަޒް ވާ ކަންކަމެވެ.

ރާއްޖެއިން ޓީބީ ނައްތާލުމަށް މިސަރުކާރުން ޙާއްސަ އަހައްމިޔަތުކަންދީ، މި މަގްސަދު ޙާސިލްކުރުމަށް އެންމެ ޒަމާނީ ޓެކްނޯލެޖީ ތައާރަފްކޮށް، ގިނައަދަދެއްގެ މީހުން ޓީބީއަށް ސްކްރީންކުރުމަށްވަނީ ނިންމާފައެވެ. މިގެއިތުރުން، ސަރުކާރުން ކަނޑައަޅައިފާވާ ސަތޭކަ ދުވަހުގެ ވައުދުތަކުގެ ތެރެއިން ޓީ.ބީ ގެ ބަލި ދެނެގަތުމުގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ރާއްޖޭގެ 2 ސަރަހައްދެއްގައި ޖީންއެކްސްޕާރޓް މެޝިން ބެހެއްޓުމަށް ވަނީ ހަމަޖެހިފައިއެވެ. މިކަމާއި ގުޅިގެން 7 މާރިޗް 2019ގައި މިނިސްޓްރީ އޮފް ހެލްތް އަދި WHO ގުޅިގެން ހދ. އަތޮޅުގައި ޖީންއެކްސްޕާޓް ސާވިސް ތައާރަފްކޮށްފިއެވެ. ޖީންއެކްސްޕާޓްގެ ސަބަބުން ޓީބީ ބަލި ފަސޭހައިން ދެނެގަނެވިގެންދެއެވެ. ޖީންއެކްސްޕާޓް ސާރވިސް ހދ. އަތޮޅުގައި އިފްތިތާޙްކުރުމަށް ހދ. ކުޅުދުފުށީގައި ބޭއްވި ރަސްމިއްޔާތުގައި، ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން މައުލޫމާތު ދެއްވި ގޮތުގައި ޖީންއެކްސްޕާޓްގެ ޙިދުމަތާއި ޓީބީ ސްކްރީނިންގްއަށް މި ގާއިމުކުރެވޭ ސިސްޓަމްއިން ރާއްޖޭގައި ޓީބީ ޖެހިފައިތިބި މީހުން ދެނެގަނެވޭ ނިސްބަތް އިތުރު ކުރެވިގެންދާނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.